-8402fff9.png)
ސައިފުﷲ އަލީ

ޒާޔާ މިއަދު ކައުންސިލަށް ހުށަހެޅި ކުރެހުމާއި ޕްލޭން: މިއީ އަދި ފައިނަލް ކުރެހުމެއް ނޫން ކަމަށް ސިޓީ ކައުންސިލުން ބުނޭ
މާލޭގެ ބޮޑުތަކުރުފާނު މަގުގައި، ބީއެމްއެލްގެ ހެޑް އޮފީސް ކުރިމަތިން މިހާރު ޕާކިން ޒޯނެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ ބިމުގައި ފެރީ ޓާމިނަލަކާއި ޕާކިން ޒޯނެއް ހިމެނޭހެން ޒަމާނީ އިމާރާތެއް އެޅުމަށް މާލެ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.
މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ކައުންސިލަށް ހުށަހެޅުއްވީ ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ޒަހިއްޔާ (ޒާޔާ)އެވެ. އޭނާ ހުށަހެޅުއްވި ޕްލޭންގައިވާ ގޮތުން، މި އިމާރާތުގެ ގްރައުންޑް ފްލޯ ޚާއްސަކުރާނީ އަތޮޅުތަކުން މާލެ އަންނަ އަދި މާލެއިން ފުރާ ފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށެވެ. އެގޮތުން، ފަސޭހައިން އިށީނދެ ތިބެވޭނެ އިންތިޒާމުތަކާއި، އަންހެނުންނާއި ފިރިހެނުންނަށް ޚާއްސަ ފާޚާނާ ބަރިތަކާއި، މިނީ ޝޮޕެއްގެ އިތުރުން ނަމާދުކޮށްލެވޭނެ ކުޑަ ކޮޓަރިއެއް އެ ބައިގައި ގާއިމުކުރެވޭނެ ކަމަށް އެ ޕްލޭންގައިވެ އެވެ.
މި އިމާރާތުގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާ ހާއްސަކުރާނީ ސައިކަލު ޕާކުކުރުމަށް ކަމަށްވާއިރު، ރޫފް ޓޮޕްގައި ފުޑް ކޯޓުތައް ހެދުމަށް ވަނީ ރާވާފައެވެ. މި ތަންތަނަށް ފަސޭހައިން އަރާ ފޭބުމަށްޓަކައި ލިފްޓެއް ބެހެއްޓުމަށް ވެސް ހުށަހެޅުމުގައި ހިމަނާފައިވެއެވެ.
މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޒާޔާ ވިދާޅުވީ، އަތޮޅުތަކުން މާލެ އަންނަ ރައްޔިތުންނަށް މިހާރު ކުރިމަތިވެފައިވާ އުނދަގޫތަކަށް ހައްލެއް ހޯދައިދިނުމަކީ މި މަޝްރޫއުގެ މައިގަނޑު އެއް މަގުސަދު ކަމަށެވެ. ޚާއްސަކޮށް، ލޯންޗު ފަހަރުގައި މާލެ ފައިބާ އުމުރުން ދުވަސްވީ މީހުންނާއި ތުއްތު ކުދިން ގޮވައިގެން އުޅޭ މައިންނަށް، ގަދަ އަވީގައާއި ވާރޭގައި އެތައް އިރަކު މަޑުކުރަން ޖެހުމުގެ ސަބަބުން ކުރިމަތިވާ ހާސްކަމާއި ދަތިތަކަށް މި މަޝްރޫއުގެ ސަބަބުން ނިމުމެއް އަންނާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"މާލެ ޒިޔާރަތްކުރާ އަތޮޅުތަކުގެ ރައްޔިތުން ފުރަން ގޮސް ލޯންޗު އަންނަންދެން އާއިލާއާއެކު ނުވަތަ ރައްޓެހިންނާއެކު ހިތްހަަމަޖެހިލައިގެން ކޮފީ ބޯލަށް ތިބެވޭނެ،" ޒާޔާ ވިދާޅުވިއެވެ.
މީގެ އިތުރުން، މާލޭގެ މަގުތައް ތޮއްޖެހުން ކުޑަކުރުމަށްޓަކައި މަގުމަތީގައި ސައިކަލުތައް ޕާކުކުރުމުގެ ބަދަލުގައި، ރައްކާތެރިކަމާއެކު އިމާރާތެއްގެ އެތެރޭގައި ޕާކުކުރެވޭނެ އިންތިޒާމު ހަމަޖެހުމަކީ މަގުތައް ބޭނުންކުރާ ފަރާތްތަކަށް ލިބޭނެ ބޮޑު ލުޔެއްކަމަށް ވެސް ކައުންސިލުން ފާހަގަކުރިއެވެ.
މި މަޝްރޫއުގެ ސަބަބުން ކައުންސިލަށް އާމްދަނީ އިތުރުވުމުގެ އިތުރުން، މާލެ ޒިޔާރަތްކުރާ އަތޮޅުތަކުގެ ރައްޔިތުންނަށް ހިތްހަމަޖެހޭ މާހައުލެއް ގާއިމުވެ، މާލޭގެ ތަރައްގީއަށް އާ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

2 މަސް ކުރިން
3 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން
-fa41261d.jpg)
4 މަސް ކުރިން

4 މަސް ކުރިން
-30455362.jpg)
4 މަސް ކުރިން
-88e0eff2.jpg)
4 މަސް ކުރިން