-8402fff9.png)
-d9d2168d.jpg)
ހާއިމް އަހްމަދު ހާޝިމް

އޭސީސީގެ ރައީސް ޝާމިލް -- ފޮޓޯ: އެންޓި ކޮރަޕްޝަން ކޮމިޝަން
މަސްލަހަތު ފުށުއަރާ ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތައް އެކަށައެޅުމާގުޅޭ އިރުޝާދުނާމާއެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއްމުކޮށްފިއެވެ.
އޭސީސީން ބުނާ ގޮތުގައި މިއަދު އާންމުކުރި އެ އިރުޝާދުނާމާގައި ހިމަނާފައިވާނީ ދައުލަތުގެ މުވައްޒަފުން ރަސްމީ ހައިސިއްޔަތުން ނިންމާ ނިންމުންތަކާއި ޢަމަލުކުރާ ގޮތްތަކާ ގުޅޭގޮތުން މަސްލަހަތު ފުށުއަރާ ހާލަތްތަކުގައި ރިސްކު ކުޑަކުރުމަށް، ފަންނީ ގޮތުން ކަންކަން ކުރާނޭ ގޮތުގެ ބައިނަލްއަޤުވާމީ އަސާސްތަކާއި މިންގަނޑުތަކެވެ.
މީގެ އިތުރުން އެ އިރުޝާދުނާމާގެ މަގުސަދުތަކުގެ ތެރޭގައި މަސްލަހަތު ފުށުއަރާ ނުވަތަ މަސްލަހަތު ފުށުއަރާފާނެ ހާއްސަ ހާލަތްތަކާއި ރިސްކު ބޮޑު ފަރާތްތައް ދެނެގަނެ އަމަލުކުރާނެ ގޮތުގެ އުސޫލެއް އެކުލަވާލުމުގައި ސަމާލުކަންދޭންޖެހޭ މުހިންމު އަސާސްތަކާ ގުޅޭގޮތުން އިރުޝާދު ދިނުން ހިމެނެއެވެ.
މީގެ އިތުރުން އިދާރާތަކުން އެ އިދާރާއެއްގެ މަސައްކަތްތަކާއި ބޭނުންތަކަށް ރިއާއަތްކޮށް، މަސްލަހަތު ފުށުއަރާ ހާލަތްތަކުގައި ކުރެވިދާނެ ކަންތައްތަކާއި ގެންގުޅެންވާނެ މިންގަނޑުތައް ބަޔާންކޮށް، ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމުގެ ސަގާފަތެއް އިދާރާތަކުގައި ގާއިމުކުރުމަށް ބާރުއަޅައި ކޮރަޕްޝަންގެ ރިސްކު ކުޑަކުރުމަށް ލަފަޔާއި އިރުޝާދު ދިނުން ހިމެނޭކަމަށް އޭސީސީން ފާހަގަކުރިއެވެ.
މަސްލަހަތު ފުށުއަރާ ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ އުސޫލު އެކުލަވައިލުމާއި، މަސްލަހަތު ފުށުއެރުމުގެ ރިސްކު ކުޑަކުރުމަށް މުވައްޒަފުން ހޭލުންތެރިކޮށް ތަމްރީނުކުރުމާއި، މަސްލަހަތު ފުށުއަރާ ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތައް ތަންފީޒުކުރުމުގައި ސަމާލުކަން ދޭންޖެހޭނެ ކަންކަމާއި އެފަދަ ނިޒާމުތައް މޮނީޓަރުކުރުމާއި މުރާޖައާކުރުމުގައި ގެންގުޅެންޖެހޭނެ މިންގަނޑުތައް ފަދަ ކަންކަމާއި ގުޅޭ މައުލޫމާތުވެސް އެ އިރުޝާދުނާމާގައި އޭސީސީން ހިމަނާފައިވެއެވެ.
އަދި އިދާރާތަކަށް ރައްޔިތުން އިތުބާރުކުރާ، ދެފުށްފެންނަ ނިޒާމަކަށް ހެދުމަށްޓަކައި، އިދާރީ ހިންގުމުގެ ތެރޭގައި ކޮންމެހެން ހުންނަންޖެހޭ އިންތިޒާމުތަކާއި މިންގަނޑުތައްވެސް އިރުޝާދުނާމާގައި އޭސީސީން ފާހަގަކޮށްފައިވެއެވެ.

4 މަސް ކުރިން

7 މަސް ކުރިން

7 މަސް ކުރިން

7 މަސް ކުރިން
8 މަސް ކުރިން

8 މަސް ކުރިން

9 މަސް ކުރިން

9 މަސް ކުރިން