-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ، މުޙައްމަދު މުޢިއްޒު ވަޒީރުންގެ ޚާއްޞަ ކޮމިޓީއެއް މިއަދު އެކުލަވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ކޮމިޓީ އުފެއްދެވުމުގެ މައިގަނޑު މަޤްޞަދަކީ މެދުއިރުމަތީގައި ހިނގާ ހަމަނުޖެހުންތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނޭ ދަތިތަކާއި، ކުރިމަތިވާ ކަންކަން ޙައްލުކުރެއްވުމަށް ގުޅިގެން ފިޔަވަޅުތައް އެޅުއްވުން ކަމަށެވެ.
މިއަދު މެންދުރުފަހު އެކުލަވާލެއްވި މި ކޮމިޓީގެ ޗެއާއަކަށް ހަމަޖައްސަވާފައިވަނީ ފޮރިން މިނިސްޓަރު ޑރ، ޢަބްދުﷲ ޚަލީލެވެ. މި ކޮމިޓީގައި ދައުލަތުގެ މުހިންމު ވުޒާރާތަކުގެ ވަޒީރުން ހިމެނިވަޑައިގަންނަވައެވެ. އޭގެ ތެރޭގައި ހިމެނެނީ:
ސްޕޯކްސްޕާސަން ހީނާ ވަލީދު އިތުރަށް ވިދާޅުވީ، މި ކޮމިޓީގައި ހިމެނޭ ވުޒާރާތަކުން ކަމާގުޅޭ އެންމެހައި މަޢުލޫމާތުތައް ދާއިމީގޮތެއްގައި ރައްޔިތުންނާ ހިއްސާކުރަމުން ގެންދާނެ ކަމަށެވެ.

ގާތްގަނޑަކަށް 19 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން