-8402fff9.png)

ފާޠިމަތު ހިބާ

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް--ފޮޓޯ:ރައީސް އޮފީސް
ރާއްޖެއާއި އިނގިރޭސިވިލާތުގެ ބަދަހި ގުޅުމަށް ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް ތައުރީފުކުރައްވާފައެވެ.
އިނގިރޭސިވިލާތުގެ ރަސްގެފާނު، ހިޒް މެޖަސްޓީ ކިންގް ޗާލްސް (ތިންވަނަ)ގެ އުފަންދުވަސް ފާހަގަކުރުމަށް، މާލޭގައި ހުންނަ އިނގިރޭސި ވިލާތުގެ ހައިކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ރާއްޖެއާއި އިނގިރޭސިވިލާތާއި ދެމެދުގައިވަނީ ޒަމާންވީ ބަދަހި ގުޅުމެއްކަމަށާ މި ގުޅުން ބިނާވެގެންވަނީ، ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމާ، އިތުބާރާއި އަދި ދެ ޤައުމުން ބައިވެރިވާ ދުނިޔޭގެ ޞުލްޙަ މަސަލަސްކަމާ ހަމަޖެހުމުގެ އަސާސްތަކުގެ މަތީގައި ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ހިޒް މެޖަސްޓީގެ ޒަޢާމަތުގެ ދަށުން، އެއްބައިވަންތަކަމާ، ޒިންމާދާރުކަމާއެކު، ބައިނަލްއަޤްވާމީ ފެންވަރުގައި ތިމާވެށީގެ މައްސަލަތައް ޙައްލުކުރުމަށް މަސައްކަތް ކުރެވެމުން އެބަދެއެވެ. އަދި މި އަހަރަކީ، އިނގިރޭސިވިލާތާއި، ރާއްޖެއާއި ދެމެދު، ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ އަހަރުކަން ވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ހިޒް މެޖަސްޓީ ކިންގް ޗާލްސް (ތިންވަނަ) އަށް ތަހުނިޔާއާއި، ހެޔޮއެދުންތައް ވެސް ނައިބު ރައީސް އަރިސް ކުރައްވާފައިވެއެވެ.
އެމަނިކުފާނު ވަނީ ރާއްޖެއާއި އިނގިރޭސިވިލާތާއި ދެމެދު ދެމެހެއްޓެނިވި ތަރައްޤީގެ ރޮނގުން، ގުޅުން ބަދަހި ކުރުމަށް ދިވެހި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިވަޑައިގަންނަވާނެ ކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ.

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން

8 މަސް ކުރިން

10 މަސް ކުރިން

10 މަސް ކުރިން