-8402fff9.png)
-d9d2168d.jpg)
ހާއިމް އަހްމަދު ހާޝިމް
-dc6fa779.jpeg)
މަސްޖިދުލް އީމާންގެ އެތެރެ ހުންނަ ގޮތް: އެ މިސްކިތް ޒީނަތްތެރިކޮށްފައިވަނީ ރަން ކުލައިން -- ފޮޓޯ: އިސްލާމީ ވުޒާރާ
އަމިއްލަ ފަރާތަކުން ހުޅުމާލެ ފޭސް 2 ގައި އިމާރާތްކޮށްފައިވާ އައު މިސްކިތް "މަސްޖިދުލް އީމާން" އަންނަ ހުކުރު ދުވަހުގައި ހުޅުވާނެ ކަމަށް އިސްލާމީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑީޔާގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވި ގޮތުގައި އެ މިސްކިތް ހުޅުވާނީ ހުކުރު ނަމާދާ އެކުއެވެ. ޖުމްލަ 1200 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ޖާގަ މި މިސްކިތުން ލިބޭނެއިރު، މިއީ މުޅި ޖުމްލަ 3 ބުރިއަށް އިމާރަތްކޮށްފައިވާ މިސްކިތެވެ.
އެ މިސްކިތުގެ އެތެރޭގެ ފޮޓޯތައް މިހާރު ދައުރުވަމުންދާއިރު، އެ ފޮޓޯތަކުން ފެންނަ ގޮތުން މިސްކިތުގެ އެތެރެ ޒީނަތްތެރިކޮށްފައިވަނީ ރަން ކުލައިންނެވެ. އަދި އެކި ރީތި ފަރުމާތަކުން މިސްކިތް ޒީނަތްތެރިކޮށްފައިވެއެވެ.
އެ މިސްކިތްތަކާއި ގުޅުވައި ވަޒީރު އިތުރަށް ވިދާޅުވީ އަންނަ އަހަރު ދެވަނަ ފިޔަވަހީގައި ހަތަރު މިސްކިތެއް ބިނާކޮށް ނިމޭނެކަމަށެވެ. މީގެ ތެރެއިން ބައެއް މިސްކިތްތައް މިހާރު ހުރީ ނިމުމަކާ ގާތް ވެފައިކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވަނީ އަންނަ އަހަރު ދެވަނަ ފިޔަވަހީގައި ހުރި ދެ މިސްކިތެއް އުވާލެވޭވަރަށް ދާއިމީ މިސްކިތްތައް ޤާއިމްކުރުމަކީ އެ ވުޒާރާގެ އަމާޒުކަން ވެސް ފާހަގަކުރައްވާފައެވެ.

ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން
-b050656d.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން
ގާތްގަނޑަކަށް 1 މަސް ކުރިން
-a5a9ecd5.png)
ގާތްގަނޑަކަށް 2 މަސް ކުރިން
-a463967f.jpg)
ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން