-8402fff9.png)
ފާތިމަތު މިޝްކާ

މަސްޖިދުލް އީމާން -- ފޮޓޯ: އިސްލާމީ ވުޒާރާ
ރަމަޟާން މަހަށް ރާއްޖޭގެ އެކި ހިސާބުތަކުގައި އާ މިސްކިތްތައް ހުޅުވޭނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މީޑިޔާތަކަށް ފޮނުވި މެސެޖެއްގައި މިނިސްޓަރު ވިދާޅުވީ މުޅި ރާއްޖޭގައި ގާތްގަނޑަކަށް 14 ވަރަކަށް މިސްކިތް ހުޅުވިގެންދާނެ ކަމަށެވެ. ހުޅުމާލޭގައި ދާއިމީ ތިން މިސްކިތް ހުޅުވިގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިސްކިތްތައް ހުޅުވިގެންދާނެ ރަށްތަކުގެ ތަފްސީލެއް މިނިސްޓަރު ހިއްސާކުރައްވާފައެއް ނުވެ އެވެ.
މިއަހަރުގެ ނިޔަލަށް ހުޅުމާލޭގައި ހުރި ވަގުތީ މިސްކިތްތައް އުވާލައި، އަމިއްލަ ފަރާތްތަކާއި ސަރުކާރު ގުޅިގެން ބިނާކުރާ ދާއިމީ މިސްކިތްތައް ހުޅުވުމަށް އަމާޒު ހިފާފައިވާކަމަށް މީގެކުރިން މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
މިވަގުތު ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ވަގުތީ މިސްކިތްތަކަކީ އުމްރާނީ ގޮތުންނާއި ޖާގައިގެ ގޮތުން ދަތިތަކެއް ހުރި ތަންތަނަށް ވުމާއެކު، މިއަހަރުގެ ނިޔަލަށް އެތަންތަން އުވާލުމަކީ ސަރުކާރުގެ މުހިންމު އަމާޒެއްކަމަށް މިނިސްޓްރީއިން ހާމަކޮށްފައިވެ އެވެ. މީގެ ބަދަލުގައި ޒަމާނީ ފެންވަރަށް އަދި ދިގު މުއްދަތަކަށް ބޭނުންކުރެވޭނެހެން އިމާރާތްކުރެވޭ ދާއިމީ މިސްކިތްތައް ހުޅުވިގެން ދިއުމަކީ ހުޅުމާލޭގެ އުމްރާނީ ތަރައްގީއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް މިނިސްޓްރީއިން ދެކެ އެވެ.
-b050656d.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން
-a5a9ecd5.png)
ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން
-3b082aab.jpg)
5 މަސް ކުރިން