-8402fff9.png)
ސައިފުﷲ އަލީ
-b050656d.jpg)
ޝަރުޢީ ރުގްޔާ ކުރުމުގެ ނަމުގައި ގަބުރުސްތާނަށް ވަދެ މަހާނަ ކޮނުމާއި ސިހުރު ހޯދުން ފަދަ ކަންކަމަކީ އިސްލާމްދީނުގައި މަނާކޮށްފައިވާ ޙަރާމް ޢަމަލުތަކެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓަރު މި ކަންކަން ހަނދާންކޮށްދެއްވީ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ. ޝަހީމް ވިދާޅުވިގޮތުގައި ޝަރުޢީ ރުގްޔާ ކުރުމުގެ ނަމުގައި ގަބުރުސްތާނަށް ވަދެ މަހާނަ ކޮންނަ ކަމުގެ މަޢުލޫމާތު ބައެއް ފަހަރު ލިބެމުންދެއެވެ. ނަމަވެސް ރުގްޔާ ކުރުމުގައި އެފަދަ އެއްވެސް ޢަމަލެއް ހިންގުމަކީ ކީރިތި ގުރްއާނާއި މާތް ރަސޫލާގެ ސުންނަތުން ސާބިތުވާ ކަމެއް ނޫން ކަމަށް ޝަހީމް ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި ދީނީ ކަންކަމަށް ހޭލުންތެރިކުރުމާއި، ޝަރުޢީ ހުދޫދުން ބޭރުން ހިންގާ ނޭދެވޭ ޢަމަލުތައް ހުއްޓުވުމަށް ކަމާބެހޭ މުވައްސަސާތަކުން ދަނީ މަސައްކަތްކުރަމުންނެވެ. ޚާއްޞަކޮށް ރުގްޔާ ކުރުމުގެ ނަމުގައި އާންމުންގެ ކިބައިން ނާޖާއިޒު ފައިދާ ނެގުމާއި، ޝަރީޢަތާ ޚިލާފު ކަންކަން ކުރުމުގެ މައްސަލަތައް މީގެ ކުރިންވެސް ފެންމަތިވެފައިވާކަން ފާހަގަކުރެވެއެވެ.
ޝަހީމް އިތުރަށް ވިދާޅުވީ ޝަރުޢީ ރުގްޔާއަކީ ބަލިމީހާއަށް ޝިފާއަށް އެދިގެން ގުރްއާން ކިޔަވައި، އޭނާގެ ގަޔަށް ފުމުން ނުވަތަ ފެނަށް ކިޔަވައިގެން ބޭނުންކުރުން ކަމަށެވެ. އަދި ބަލިތަކަށް ޝިފާ ދެއްވަނީ މާތް ﷲ ކަމަށްވާތީ، ރުގްޔާ ކުރުމުގެ ނަމުގައި ހިންގާ ނަހަމަ ކަންކަމުން ރައްކާތެރިވުމަށް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވާފައެވެ.

ގާތްގަނޑަކަށް 1 މަސް ކުރިން
-a5a9ecd5.png)
ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން
-3b082aab.jpg)
5 މަސް ކުރިން

6 މަސް ކުރިން