-8402fff9.png)
-6d139833.jpg)
ޒެނީޝާ ފަތުހީ

މަސް ޕްރޮސެސްކުރާ ފެސިލިޓީ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: މަސްވެރިކަމާ ކަނޑުގެ ވަސީލަތްތްކާ ބެހޭ ވިޒާރާ
މިފްކޯއިން ފުވައްމުލަކު ސިޓީގައި ގާއިމްކުރި މަސް ޕޮރޮސެސްކުރާ ފެސިލިޓީ މިއަދު ހުޅުވައިފިއެވެ.
މި ފެސިޓީ ހުޅުވައިދެއްވީ ފުވައްމުލަކު ސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްތަލިބެވެ.
އެ ރަސްމިއްޔާތުގައި ފުވައްމުލަކުގެ މޭޔަރު އިސްމާއިލް ރަފީގާއި ސިޓީގެ ކައުންސިލަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މި ފެސިލިޓީއިން ފުވައްމުލަކުގެ ރައްޔިތުންނަށް މަސްގަނެ ޕޮރޮސެސް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް މިފްކޯއިން ބުންޏެވެ. އަދި ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ޕްރޮސެސްކޮށްފައި ހުންނަ މަސް ގަންނަން ލިބޭނެ އިންތިޒާމު ވެސް ހަމަޖެހިގެން ދާނެ ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.
ހަމައެހެންމެ މި ފެސިލިޓީގެ ސަބަބުން ފުވައްމުލަކު ރައްޔިތުންނަށް ރައްކާތެރި ގޮތުގައި މަސް ބަންދުކޮށް މަސްވެރިކަމުން އެދެވޭ ނަފާއެއް ހޯދުމުގެ ފުރުސަތު ފަހިވެގެން ދާނެ ކަމަށް ވެސް މިފްކޯއިން ބުންޏެވެ.
މިފްކޯއިން ފުވައްމުލަކުން މަސް ގަންނަން ވަނީ މިހާރު ފަށާފައެވެ. އަދި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ސީދާ އައްޑޫއަތޮޅުން މަސް އެކްސްޕޯރޓް ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.
މި ފެސިލިޓީއަކީ މިފްކޯގެ ޖުމްލަ އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ހުޅުވި ފެސިލިޓީއެކެވެ. އެގޮތުން މަސް ގަތުމާއި ރައްކާކުރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް މިފްކޯއިން ވަނީ ކޮށްފައެވެ.

15 ދުވަސް ކުރިން
26 ދުވަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން
3 މަސް ކުރިން

3 މަސް ކުރިން