-8402fff9.png)
-6d139833.jpg)
ޒެނީޝާ ފަތުހީ

ބަންކަރިންގެ ހިދަމަތް ދޭން އެސްޓީއޯއިން ބޭނުންކުރާ ދެ ބޯޓު: ފޮޓޯ: ޕީއެއެސްއެމް
އެއް އަހަރުގެ ތެރޭގައި ބަންކަރިންގެ ހިދުމަތުން 18.3 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައިފިއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިގްތިސާދީ ކަންތައްތަކާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ބަންކަރިންގެ ޚިދުމަތް ފެށި ފަހުން މިހާތަނަށް އާމްދަނީގެ ގޮތުގައި 282 މިލިއަން ރުފިޔާ ނުވަތަ 18.3 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށެވެ.
އަދި އޭގެ އިތުރަށް ޓެކްސްގެ ގޮތުގައި 24 ޑޮލަރު ރުފިޔާ ވެސް ލިބިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ސަރުކާރުން ލަފާކުރި ގޮތުގައި ބަންކަރިންގެ ހިދުމަތުން އަހަރަކަށް 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެއެވެ.
"މީގެ އެންމެ ހިތްހަމަ ޖެހޭ ތަންކޮޅަކީ 76 ޕަސެންޓް ބަންކާކުރި ޕްރޮޑަކްޓަކީ ރާއްޖެއަށް މުޅިން އަލަށް ގެނެސްގެން ބަންކާ ކުރާ އެއްޗެއް," ވަޒީރު ވިދާޅުވިއެވެ.
އެސްޓީއޯއިން ކުރިއަށް ގެންދާ މި ހިދުމަތަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފެށި މަސައްކަތެކެވެ. މި މަސައްކަތް ފެށީ ރާއްޖޭގެ އިގްތިސޯދު ފަތުރުވެރިކަމަށް ބާރޯސާވެފައި އޮތް މިންވަރު ކުޑަކޮށް އިގުތިސޯދު ސިންދަފާތު ކުރުމުގެ މަގުސަދުގައެވެ.
-ffb3a233.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން
-962b03f1.jpeg)
ގާތްގަނޑަކަށް 2 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން
-0ca78e5c.jpg)
5 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން

7 މަސް ކުރިން