-8402fff9.png)
-6d139833.jpg)
ޒެނީޝާ ފަތުހީ

މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ:
ގދ. ފަރެސްމާތޮޑާގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިއްކުމުގެ މަޝަރޫއެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި މަޝްރޫ ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)އަށެވެ. މި މަޝްރޫގައި ސޮއިކުރެއްވީ މިނިސްޓާ އޮފް ކޮންސްޓްރަކްޝަން ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާ ޑރ. އަބްދުالله މުއްތަލިބެވެ.
މި މަޝްރޫއަކީ 142 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއު އެއްކޮށް ނިންމުމަށް ހަަމަޖެހިފަިވަނީ 270 ދުވަސް ތެރޭގައެވެ.
ހަމައެހެންމެ މި މަޝްރޫއުގެ ދަށުން 18 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން 620 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓްއެއް ޖެހުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ގދ. ފިޔޯރީގެ މަގުހެދުމުގެ މަޝާރޫއެއްގައި ވެސް މިއަދު ވަނީ މިނިސްޓާ ސޮއިކޮށްފައެވެ. މި މަޝްރޫއު ހަވާލުކޮށްފައިވަނީ ރޯޑްޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާއެވެ.
މި މަޝަރޫއުގެ އަގަކީ 17 މިލިއަން ރުފިޔާއެވެ. އަދި އެއްކޮށް މި މަޝްރޫއުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 730 ދުވަހުގެ ތެރޭގައެވެ.
-a666a58c.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން
-125b775b.jpeg)
3 މަސް ކުރިން