-8402fff9.png)
-6d139833.jpg)
ޒެނީޝާ ފަތުހީ

ރާއްޖެއައި ފަތުރުވެރިން-- ފޮޓޯ: ދައުރު
މިއަހަރުގެ މިހާހިސާބަށް 2.18 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރަކީ އަދި މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައި އަހަރެވެ.
މިދިޔަ އަހަރު ރާއްޖެ އައީ ދެ މިލިއަން ފަތުރުވެރިންނެވެ. އަދި 2023 ވަނަ އަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1.8 މިލިއަނަށް އަރައެވެ.
މިއަހަރު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނައީ ޗައިނާގެ ފަތުރުވެރިންނެވެ. އެއީ ޖުމުލަ ފަތުރުވެރިންގެ ތެރެއިން 15 އިންސައްތައެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ރަޝިއާއިންނެވެ. އެއީ 12 އިންސައްތަ މީހުންނެވެ.
ހަމައެހެންމެ 73.6 އިންސައްތަ ފަތުރުވެރިން ރާއްޖެ އައިސް ތިބެނީ ރިސޯޓުތަކުގައި ކަމަށް ވެސް މި ތަފާސް ހިސާބުތަކުން ދައްކައެވެ. ދެން އެންމެ ގިނައިން ފަތުރުވެރިން އައިސް މަޑުކުރަނީ ހޮޓާތަކުގައެވެ.
މި މަހު 23 އާ ހަމައަށް 160,000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހާ އަޅާ ބަލާއިރު 48,000 އަށްވުރެ ދަށް އަދަދެކެވެ. އެހެން ނަމަވެސް ކުރިޔަށް އޮތް ދުވަސްތަކުގައި ޕީކް ސީޒަނާއި ދިމާކޮށް އެ އަދަދު އިތުރުވާނެ ކަމަށް ބެލެވެއެވެ.
-9d7580fb.jpg)
13 ދުވަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

2 މަސް ކުރިން

2 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން
-e780e747.jpg)
5 މަސް ކުރިން