-8402fff9.png)
-6d139833.jpg)
ޒެނީޝާ ފަތުހީ

ސަރުކާރު އޮފިސްތަކުގެ މުވައްޒަފުން--
ސަރުކާރު މުވައްޒަފުންގެ ހެދުން އެޅުމުގެ ގަވާއިދަށް ބަދަލު ގެނެސް އެ ބަދަލު ގެޒެޓް ކޮށްފިއެވެ.
މި ގަވާއިދުގެ ދަށުން އެންމެ ބޮޑު ބަދަލެއް ގެނެސްފައިވަނީ އަންހެނުންގެ ހެދުން އެޅުމުގެ ގަވާއިދަށެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ ބަދަލަކީ ކުރު ހެދުން ލާނަމަ އަންހެނުންގެ ހެދުން ހުންނަން ޖެހޭނީ އެންމެ ކުރުވެގެން ބުޑުގެ ތިރީ ކައިރިން ފެށިގެން ދެ އިންޗި ތިރިއަށް ކަމަށެވެ. އަދި ދިގު ހެދުމެއް ނަމަ ހުންނަން ޖެހޭނީ ފައިގެ ކުޑަހުޅަށް ވުރެ ދިގު ނުވާހެން ކަމަށެވެ. އަންހެނުންގެ ހެދުން ހުންނަން ވާނީ އޮފީސް މާހައުލަށް އެކަށީގެންވާ ފޮއްޗަކުން ފާހާފައި ކަމަށް އެ ގަވާއިދުގައި ފާހަގަކޮށްފައިވެއެވެ.
އަދި ޒީނަތްތެރިވުމުގެ ގޮތުން އަންހެނުންނަށް މޭކަޕްކުރުން ހުއްދަކަމުގައި ވީނަމަވެސް އިސްތަށިގަނޑު ކަޅުކުރުން ފިޔަވާ ފާޅުކަން ބޮޑު ކުލައެއްޖެއްސުމަކީ ނުވަތަ ކުލައިން ޝޭޑްކޮށް ހައިލައިޓްކޮށް ހެދުމަކީ ހުއްދަކަމެއް ނޫނެވެ.
މި ގަވާއިދަށް މިއަދުން ފެށިގެން އަމަލުކުރަން ފެށޭނެ ކަމަށް އެ ގަވާއިދުގައި ވަނީ ބުނެފައެވެ.
ފިރިހެނުންގެ ގަވާއިދަށް ބަލާއިރު ފިރިހެނުން ލާ ގަމީހާއި ފަޓުލޫނު ފަހާފައި ހުންނަން ވާނީ އޮފީސް މާހައުލަށް އެކަށީގެންވާ ފޮއްޗަކުންނެވެ. އަދި ގަމީހާއެކު ޓައީ ބޭނުންކުރަން ވާނެއެވެ. ޓައީގައި، އަހުލާގީގޮތުން އެކަށީގެންނުވާ ފަދަ ބަސް، މަންޒަރު، ކުރެހުން، ކާޓޫނު ނުވަތަ ފޮޓޯ ނުވަތަ އެފަދަ އެހެން އެއްޗެއް ހުރެގެން ނުވާނެއެވެ.
ސަރުކާރުގެ މުވައްޒަފުންގެ ހެދުން އެޅުމުގެ ގަވާއިދު ކުރިން އޮތް ގޮތަކީ މުޖުތަމައުގެ އަހްލާގީ މިންގަނޑަށް ނުފެތޭ ގަވާއިދެއް ކަމަށް މީގެ ކުރިން ރައީސް ވަނީ ވިދާޅުފައެވެ. އަދި އެ ގަވާއިދު ކުރިން އޮތް ގޮތަށް ބަދަލުކޮށްދެެވުމަށް ސިވިލް ސާވިސް ކޮމިޝަނަށް ރައީސް ވަނީ ދަންނަވާފައެވެ. ރައީސް މިފައދައިން ވިދާޅުވީ މިމަހު 21 ގައި ބޭއްވި ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ އަވަށު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަަވަމުންނެވެ.

6 މަސް ކުރިން

6 މަސް ކުރިން

7 މަސް ކުރިން

8 މަސް ކުރިން

9 މަސް ކުރިން

11 މަސް ކުރިން

ގާތްގަނޑަކަށް 1 އަހަރު ކުރިން

ގާތްގަނޑަކަށް 1 އަހަރު ކުރިން