-8402fff9.png)

އަޙްމަދު ޝާބިން

ސަރުކާރު މުވައްޒަފުންތަކެއް ވެލާނާގޭ ބޭރުގައި -- ފޮޓޯ/ އަވަސް
މި އަހަރުގެ ރަމަޟާން މަހުގެ ދުވަސްތަކާއި، ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަނޑައަޅައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނި ގޮތުގައި، މިގޮތަށް ހަމަޖައްސަވާފައިވަނީ ކުރީގެ އަހަރުތަކުގައި ވެސް ރަމަޟާން މަހުގެ މަސައްކަތު ގަޑި ކަނޑައަޅަމުން އައި އުސޫލުގެ މަތިންނެވެ. މިއީ ސަރުކާރުގެ އިދާރާތަކުން ރަމަޟާން މަހުގެ އަޅުކަމަށް އިސްކަންދިނުމަށް ފުރުސަތު ދިނުމުގެ ގޮތުން ނިންމާފައިވާ ނިންމުމެކެވެ.
ހިޖުރައިން 1443 ވަނަ އަހަރުން ފެށިގެން، ކޮންމެ އަހަރެއްގެ ރަމަޟާންމަހުގެ ދުވަސްތަކާއި، ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމުގައި ވަނީ ހަމަޖައްސާފައެވެ. މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެންމެ ފުރަތަމަ ދެންނެވުމެއް ނެރުނީ ވަނީ 6 މާރިޗު 2022 ގައެވެ.
މިއީ ރަމަޟާން މަހުގެ ބަރަކާތްތެރި ދުވަސްތަކުގައި މުވައްޒަފުންނަށް ލުއިފަސޭހަކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ދާއިމީ އުސޫލެކެވެ.

15 ދުވަސް ކުރިން

25 ދުވަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

2 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން
-9ae31807.jpg)
4 މަސް ކުރިން

6 މަސް ކުރިން