-8402fff9.png)
-6d139833.jpg)
ޒެނީޝާ ފަތުހީ

އަދާލަތު ޕާޓީގެ ބައްދަލުވުމެއްގެ ތެރެއިން-- ފޮޓޯ: އަދާލަތު ފާޓީ
ސިވިލް ސާވިސް މުވައްޒަފުންގެ ހެދުން އެޅުމުގެ ގަވާއިދަށް ގެނެވުނު ބަދަަލަކީ ހެޔޮ ބަދަލެއް ކަމަށް އަދާލަތު ޕާޓީން މިއަދު ބުނެފިއެވެ.
އަދާލަތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގަވާއިދަށް ގެނެވުނު ބަދަލަކީ އިސްލާމީ މިންގަނޑުތަކާ ދިމާލަށް އެޅުނު މުހިންމު ފިޔަވަލެއް ކަމަށެވެ.
އެ ޕާޓީން ބުނީ އެންމެ ފުރިހަމަ ކަމާ ހަމަޔަށް ނުދެވުނު ނަމަވެސް އެ އިސްލާހަކީ މުޖުތަމައުގެ ދީނީ އަދި އިޖުތިމާއީ ސަލާމަތްތެރިކަމަށްތަކައި އެޅުނު ރަނގަޅު ފިޔަވަޅުތަކެއްގެ ގޮތުގައި ދެކޭ ކަމަށެވެ.
"އެންމެ ފުރިހަމަ ގޮތަށް ޢަމަލު ނުކުރެވުނު ނަމަވެސް ރަނގަޅު ގޮތާ ގާތްކުރާ ހެޔޮ ބަދަލުތަކަކީ އެކަމަށް ތަރުހީބުދީ ހިތްވަރުދޭންޖެހޭ ކަންކަން," އަދާލަތު ޕާޓީއިން ބުންޏެވެ.
ކަންމިހެން އޮތުމުގެ ސަބަބުން، އަންހެނުންނާއި ފިރިހެނުން ވެސް ހިލޭ މީހުންގެ ކުރިމަތީގައި އުޅޭ އިރު ފުރިހަމަގޮތުގައި އެބައިމީހުންގެ އައުރަ ނިވާކޮށްގެން އުޅުމަކީ އެބައިމީހުންނަށްވާ ރައްކާތެރި ކަން ލިބޭނެ ކަމެއް ކަމަށް އެ ބަޔާނުގައި ބުންޏެވެ.
ސަރުކާރުގެ މުވައްޒަފުންގެ ހެދުން އެޅުމުގެ ގަވާއިދަށް އިސްލާހު ގެނެސް ގެޒެޓު ކުރެވުނީ މިދިޔަ މަހުގެ 31 ގައެވެ. އެ ގަވާއިދުގެ ދަށުން އަންހެނުންގެ ހެދުމަށް ބޮޑު ބަދަލުތަކެއް ވަނީ ގެނެސްފައެވެ.
-9fbf8c3b.jpg)
ގާތްގަނޑަކަށް 20 ގަޑިއިރު ކުރިން
-563ca372.jpg)
6 ދުވަސް ކުރިން

6 މަސް ކުރިން

7 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން

11 މަސް ކުރިން

11 މަސް ކުރިން