-8402fff9.png)

ސިޓީތަކާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު މުވައްޒަފުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަނީ-- ފޮޓޮ: ވުޒާރާ
ރޯދަ ހަދިޔާ ބެހުމުގެ މަސަައްކަތް މި މަހު ފެށޭ ކޮޅު ފަށާނެ ކަމަށް ސިޓީތަކާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މި އަހަރަށް އެ ވުޒާރާއިން ރާވާފައިވާ ކަންކަމާ ގުޅޭ ގޮތުން މުވައްޒަފުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. މިދިޔަ އަހަރެކޭ އެއްފަދައިން ކުރިއަށް އޮތް ރޯދަ މަހު ވެސް ކޮންމެ ގޭބީސީއަކަށް ރޯދަ ހަދިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން މި އަހަރު ވެސް ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ދިނުމަށް ވަނީ ނިންމާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އެކަމާއި ގުޅިގެން ވަޒީރު ވިދާޅުވީ ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށާއި، އެ މަސައްކަތް ފެށުމަށް ބޭނުންވާ ތަކެތީގެ 70 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
''މި މަހުގެ ކުރީކޮޅު ރޯދަ ހަދިޔާގެ މަސައްކަތް ފަށާނެ'' ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން މިއަހަރުގެ އީދުގައި ވެސް އާބާދީ ބޮޑެތި ރަށްރަށުގައި އީދު ދިއްލުންތައް ދިއްލުމަށް ހަމަޖެހިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މި ލައިޓުތައް ހަމަޖެއްސުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެެވެ.

8 މަސް ކުރިން

9 މަސް ކުރިން

9 މަސް ކުރިން

9 މަސް ކުރިން

9 މަސް ކުރިން

9 މަސް ކުރިން

9 މަސް ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން