-8402fff9.png)
-6d139833.jpg)
ޒެނީޝާ ފަތުހީ

މިނިސްޓާ އޮފް އިކޮނޮމިކްޑިވެލޮޕްމެންޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު ޕޮޑކާސްޓްްްްްްްްްްގައި ވާހަކަދައްކަވަނީ-- ވިޑިއޯ: ހީނާ ވަލީދު
ކުދި ވިޔަފާރިތަކަށް ހާއްސަ އަގުހެޔޮކޮށް ގުދަނަކުރެވޭނެ ފެސިލީޓީއެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށް އިގްތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ތަރުޖަމާނު ހީނާ ވަލީދުގެ ޕޮޑްކާސްޓް 'ތަރުޖަމާނާއެކު' ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ޕޮޑްކާސްޓްގައި ވަޒީރު ވިދާޅުވި ގޮތުގައި ކުދި ވިޔަފާރިތަކަށް ގުދަން ކުރުމުގެ ފެސިލިޓީ ގާއިމް ކުރުމަަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީ، ކުޅުދުއްފުށި ސިޓީ އަދި މާލެ ސިޓީގައެވެ.
"އެއައި ޝަކުވާއަށް އެކަން ކޮށްދެއްވާނެ ވާހަކަ ވިދާޅުވެފަ, އެހެންވީމަ އެ މަސައްކަތް ދަނީ ސަރުކާރުގެ ކަމާބެހޭ ހުރިހާ ފަރާތްތަކެއް ވާހަކަދެކެވެމުން, ވަރަށް އަވަހަށް އެކަން ކުރަން މަސައްކަތް ކުރަނީ," ވަޒީރު ސައީދު ވިދާޅުވިއެވެ.
ކުދި ވިޔަފާރިތަކަށް ގުދަން ކުރުމަށް އަގު ބޮޑު ވުމަކީ ރައްޔިތުންގެ ޝަކުވާއެއްކަން ފާހަގަކުރައްވައި ވަޒީރު ވަނީ، އެ މަސައްކަތް ކުރުމަށް ކަމާބެހޭ ފަރާތްތަކާއެކު މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވާފައެވެ.
މީގެއިތުރުން ވަޒީރު ވިދާޅުވި ގޮތުގައި 3,000 އަށް ވުރެ ބޮޑު އާބާދީއެއް އޮތް ރަށްރަށުގައި އަސާސީ ބާވަތްތައް އެސްޓީއޯއިން އަގު ހެޔޮކޮށް ފޯރުކޮށްދޭނެއެވެ. އަދި އެ ބާވަތްތައް ފޯރުކޮށްދޭނީ ހޯލްސޭލްކޮށް, ލޯކަލް ވިޔަފާރިތަކަށް ދަތިނުވާ ގޮތަށް ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

16 ދުވަސް ކުރިން
-709fea65.jpeg)
29 ދުވަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން
-2c8cdf4b.png)
2 މަސް ކުރިން

3 މަސް ކުރިން
-4ff0e9d2.jpg)
4 މަސް ކުރިން

4 މަސް ކުރިން