-8402fff9.png)
އައިޝަތު ހިދާޔާ

ސަރުކާރު ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ވަޒީފާއިން ވަކިކުރާ މުވައްޒަފުން އަމިއްލަ ވިޔަފާރިއެއް ފަށަން ބޭނުންވާނަމަ, އެކަމަށް އެހީވުމަށް 600 މިލިއަން ރުފިޔާގެ ފަނޑެއް އުފައްދާފައިވާކަމަސް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މިއަދު މަޖިލީހުގައި ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލީހުގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޒަރީރު ވިދާޅުވީ, ތަރައްގީވެފައިވާ އެހެން ގައުމުތަކާ އަޅައިބަލާއިރު, ރާއްޖޭގައި ދައުލަތުގެ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުން މާ ގިނަ ކަމަށެވެ. އަދި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 2019ވަނަ އަހަރުން ފެށިގެން 2023ވަނަ އަހަރާ ހަމައަށް 100 ޕަސަންޓު ކުރިއަރާފައިވާކަމަށާއި ކުންފުނިތައް ރައިޓްސައިޒް ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ަކމަށް އޭނާ ވިދާޅުވިއެވެ.
ޒަރީރު ވިދާޅުވީ, ރާއްޖޭގެ އިގްތިސާދު އެހެން ހަރުފަތްތަކަކަށް ގެންދިއުމަށް ވެސް މިއީ ކުރުން މުހިންމު ކަމެއް ކަމަށެވެ. ކުންފުނިތައް ރައިޓްސައިޒް ކުރުމުގައި މުވައްޒަފުންގެ ފިކުރަކަށް ނުބަލާނެ ކަމަށާއި މިކަން ކުރާނީ މިއީ ދިވެހި ދަރިންކަން ދަނެގެންކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މުވައްޒަފުން ކުންފުނީގައި ޚިދުމަތްކުރި މުއްދަތަށް ބަލައި ރިދަންޑެންސީ ޕެކޭޖުތަކެއް އެކުލަވާލައިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"އޭގެ އިތުރަށް އަޅުގަނޑުމެން ރައިތްސައިޒިން ރާވާފައި މި އޮތީ މީހަކު ދޫކޮސްލާ ގޮތަކަށް ނޫން. އެމީހަކަށް ވެސް ފުރުސަތުތައް ލިބޭނެ ގޮތަށް. އެގޮތުން މިހާރު މި ވަނީ "ކުމެވި" ކިޔާ ފަންޑެއް އުފެއްދިފައި, މިއީ ކުދި ވިތަފާރިތައް އަލަށް ފަށާ ފަރާތްތަކަށް ފެސިލިޓޭޓް ކޮށްދިނުމަށް އުފައްދާފައިވާ ފަނޑެއް" ޒަރީރު ވިދާޅުވިއެވެ.
އެސްއެމްއީ ޑިޖިޓަލްގައި އުފައްދާފައިވާ މި ފަންޑަކީ 600 މިލިއަން ރުފިޔާގެ ފަންޑެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ, ކުންފުނިތަކުން ވަކިކުރާ މުވައްޒަފުން އަދި ދައުލަތުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ވެސް ވިޔަފާރީގެ ޕްރޮޕޯސަލް ހުށަހެޅުމުން މި ފަންޑުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
"ބިޒްނަސް ޕްރޮޕޯސަލް ތައްޔާރުކޮށްދިނުމުގެ މަސައްކަތް ވެސް އަޅުގަނޑުމެން ބީސީސީ މެދުވެރިކޮށް ކޮށްދޭނެ. އެ ފައިސާއަކީ ހަމަޖެހިފައި ހުރި ފައިސާއެއް," ޒަރީރު ވިދާޅުވިއެވެ.
އިތުރަށް މިނިސްޓަރު ވިދާޅުވީ, މުވައްޒަފުން ވަޒީފާއިން ކަނޑައިލުމުގެ ބަދަލުގައި ކޮންމެ މުވައްޒަފަކަށް ވެސް ގޮތެއް ހޯދައިދޭނެކަމަށެވެ.

ގާތްގަނޑަކަށް 1 މަސް ކުރިން

3 މަސް ކުރިން

6 މަސް ކުރިން

7 މަސް ކުރިން

11 މަސް ކުރިން

11 މަސް ކުރިން

11 މަސް ކުރިން

11 މަސް ކުރިން