-8402fff9.png)
ސައިފުﷲ އަލީ

ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލި، ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވަމުންދާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން މިއަހަރުގެ އޮގަސްޓު މަހުގެ 12 ވަނަ ދުވަހު މުޒާހަރާކުރުމަށް ނިންމުމާ ގުޅިގެން، އެ ޕާޓީގެ ސިޔާސަތުތަކަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
މި މުޒާހަރާ ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މި މަހުގެ 12 ވާ ބުދަ ދުވަހުގެ ހަވީރު 16:30 ގައި މާލޭގެ ސޯޝަލް ސެންޓަރު ސަރަހައްދުގައެވެ.
އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު މުޒާހަރާ އިއުލާން ކުރައްވަމުން ވިދާޅުވީ، ރާއްޖެއިން ޑޮލަރު ހުސްވެ، ރައްޔިތުންނަށް ތަހައްމަލުކުރަން ދަތިވާ މިންވަރަށް އަސާސީ ތަކެތީގެ އަގުތައް އުފުލިފައިވަނީ މި ސަރުކާރަށް ބޭރުން ހިލޭ އެހީއާއި ދަރަނީގެ ގޮތުގައި ފައިސާ ހޯދުމަށް ނުކުޅެދިފައިވާތީ ކަމަށެވެ. މީގެ އިތުރުން ބާޒާރުގައި މިހާރު ތަކެތީގެ އަގުތައް ހުރި ކަމަށް ބުނާ ލިސްޓެއް ވެސް އެމަނިކުފާނު ވަނީ ސޯޝަލް މީޑިއާގައި އާންމުކުރައްވާފައެވެ.
މި ތުހުމަތުތަކަށް ރައްދުދެއްވައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު އާންމުކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ، ކޮންމެ އަހަރެއްގެ ވެސް އޮގަސްޓު މަހުގެ 12 އަދި 13 ވަނަ ދުވަހަކީ އިދިކޮޅު އެމްޑީޕީ ހާސްވެ، މުޒާހަރާތަކަށް ނުކުންނަ ދުވަސްތަކެއް ކަމަށެވެ. އަދި ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލެމުންދާ ހަގީގަތް އެމްޑީޕީއަށް އޮޅުންނުފިލާ ފަދަ ގޮތަކަށް ވާހަކަދައްކަވާކަން ފާހަގަކުރައްވައި، ސައީދު ވަނީ ބޭރުގެ ބައެއް ގައުމުތަކުގެ އަގުތަކާއި ރާއްޖޭގެ އަގުތައް އަޅާކިޔުއްވާފައެވެ. އެގޮތުން، ރާއްޖޭގައި ޕެޓްރޯލް ލީޓަރެއް 16.01 ރުފިޔާއަށް ލިބެން ހުރިއިރު، ސިންގަޕޫރުގައި އެ އަދަދު ހުރީ 40.09 ރުފިޔާގައި ކަމަށާއި، ދުބާއީގައި 14.07 ރުފިޔާ އަދި އިންޑިއާގައި 18.08 ރުފިޔާގައި ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ކުޑަކުދިންގެ ބޭބީ މިލްކް ޕައުޑަރު ދަޅެއްގެ އަގު 855 ރުފިޔާއަށް ހުރި ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ރައްދުދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެމްއެޗްއޭއިން މިހާރު ވެސް ލެކްޓޯޖެން 300 ގްރާމުގެ ދަޅެއް 130 ރުފިޔާއަށް ލިބެން ހުންނާނެ ކަމަށެވެ. ސައީދު ތުހުމަތު ކުރެއްވި ގޮތުގައި އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރަނީ ސިޔާސީ މަންފާއެއް ހާސިލްކުރުމަށްޓަކައި ރައްޔިތުންނަށް އޮޅުވާލައި ދަތިތަކެއްގެ ތެރެއަށް ވައްޓާލަން ކަމަށާއި، މި ސަރުކާރުން އިގްތިސާދު ކޮޅަށް ޖެހުމަށް ކުރަމުންދާ މަސައްކަތްތައް އެ ޕާޓީއަށް ބަލައިނުގަނެވޭ ކަމަށެވެ.

16 ދުވަސް ކުރިން
-709fea65.jpeg)
29 ދުވަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން
-2c8cdf4b.png)
2 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން