-8402fff9.png)
އައިޝަތު ހިދާޔާ

މިނިސްޓަރު ސައީދު މަޖިލީހުގެ މިއަދުގެ ޖަލްސާގައި / ފޮޓޯ: މަޖިލިސް އިދާރާ
އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި, އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރު ނެތް މައްސަލަ ފާސްނުވެ މަޖިލީހުން ބޭރުކޮށްލައިފިއެވެ.
މި މައްސަލަ އެމްޑީޕީން މަޖިލީހަށް ހުށަހެޅި އޯގަސްޓް މަހުގެ އެއްވަނަ ދުވަހު 13 މެމްބަރުންގެ ސޮޔާއެކުއެވެ.
މިއަދުގެ މަޖިލީހުގައި މިނިސްޓަރު ސައީދަށް ވަނީ މި މައްސަލައަށް ޖަވާބުދާރީ ވުމުގެ ފުރުސަތު ދެއްވާފައެވެ. އަދި މި މައްސަލައަށް ބަހުސް ކުރުމަށްފަހު ރިޔާސަތުން ވަނީ ވޯޓަށް އަހާފައެވެ.
ސައީދުގެ އިތުބާރު ނެތްކަމަށް ފެންނަކަމަށް މަޖިލީހުގައި ވޯޓުދިނީ 54 މެމްބަރުންނެވެ. އިތުބާރު ނެތްކަމަށް ފެންނަކަމަށް ވޯޓު ދިނީ 10 މެމްބަރުންނެވެ. މި ވޯޓުގައި ބައިވެރިވީ ޖުމުލަ 66 މެމްބަރުންނެވެ.
ސައީދުގެ އިތުބާރު ނެތް މައްސަލަ މަޖިޅިހަށް ހުށަހަޅާފައި ވަނީ, މިނިސްޓަރު ސައީދު ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެ, ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވުމުގެ ވާޖިބު އަދާކުރުމުގައި އިހުމާލު ވުމުގެ އިތުރުން, ވަޒީރުންގެ މަޖިލީހުގެ މެމްބަރުން ކުރުން މަނާ އަމަލުތަކެއް ހިންގާފައިވާ ކަމަށް ބުނެއެވެ.
މިނިސްޓަރުގެ މަސްއޫލިއްޔަތުތަކަށް އިހުމާލުވިކަމަށް ބުނެ, ފަސް ކަމެއް މަޖިލީހަށް ހުށަހެޅި މައްސަލައިގައި ފާހަގަކޮށްފައި ވެއެވެ. އޭގެތެރޭގައި އެންމެ ފުރަތަމަ ކަމަކަށް ފާހަގަކޮށްފައި ވަނީ, ބޭރު ފައިސާގެ ބާޒާރުގައި ޑޮލަރު ލިބުން ދަތިވެ, ކަޅު ބަޒާރުގައި ޑޮލަރުގެ އަގު 21 ރުފިޔާއަށްވުރެ މައްޗަށް ގޮސްފައި ވުމެވެ. މި ހާލަތުގައި މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި މިއީ "ތަބީއީ" ކަމެއް ކަމަށް ވިދާޅުވެ މިކަމުގެ ސީރިއަސްކަން ކަނޑުވާލާފައި ވާކަމަށް މި މައްސަލައިގައި ވެއެވެ. އަދި މާލޭ ވިޔަފާރި ބަނދަރު ތޮއްޖެހި މުދާ ހުސްކުރުމުގައި ލަސްވެ ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ދާކަމަށް ވެސް މި މައްސަލައިގައި ވެއެވެ.

3 ދުވަސް ކުރިން

4 ދުވަސް ކުރިން

23 ދުވަސް ކުރިން

24 ދުވަސް ކުރިން
-9d59190a.jpg)
25 ދުވަސް ކުރިން
-709fea65.jpeg)
29 ދުވަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން