-8402fff9.png)
-6d139833.jpg)
ޒެނީޝާ ފަތުހީ

ޗައިނާގެ ފަތުރުވެރިން-- ފޮޓޯ: މޯލްޑިވިއަން
މިއަހަރުގެ މިހާތަނަށް ހަ ދުވަސް ތެރޭގައި 35,000 ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މިއީ މިދިޔަ އަހަރާއި 2024 އާއަޅާ ބަލާއިރު ވަރަށް ބޮޑު ކުރިއެރުމެކެވެ. އެގޮތުން 2024 ގެ ފުރަތަމަ ހަ ދުވަސް ތެރޭ ރާއްޖެ އައިސްފައިވަނީ އެންމެ 27,544 ފަތުރުވެރިންނެވެ. މިދިޔަ އަހަރު އެ ދުވަސްކޮޅު އައީ 32,349 މީހުންނެވެ.
ފަތުރުވެރިން އައި ގައުމުތަކަށް ބަލާއިރު އެންމެ ގިނައިން އައިސްފައިވަނީ ރަޝިއާއިންނާއި އިޓަލީއިންނެވެ. އެއީ ރަޝިއާއިން 7,501 ފަތުރުވެރިންނާއި އިޓަލީން 6,013 މީހުންނެވެ.
ރާއްޖެ އައިސް އެންމެ ގިނަ ފަތުރުވެރިން ތިބެނީ ރިސޯޓުތަކުގައެވެ. އެއީ 66 އިންސައްތަ ފަތުރުވެރިންނެވެ. ދެން އެންމެ ގިނައީ ގެސްޓްހައުސްތަކުގައި ތިބޭ ފަތުރުވެރިންނެވެ. އެއީ 25 އިންސައްތައެވެ. ބާކީ 9 އިންސައްތަ ފަތުރުވެރިން ތިބީ ސަފާރިތާއި ހޮޓާތަކުގައެވެ.
މިއަހަރުގެ ކޮންމެ ދުވަހަކު އެވަރެޖްކޮށް ދުވާލަކު 7,149 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އެއީ މިދިޔަ އަހަރާ އަޅާބަލައިރު 10.5 އިންސައްތައިގެ ކުރިއެރުމެކެވެ.
-9d7580fb.jpg)
13 ދުވަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

2 މަސް ކުރިން

2 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން
-e780e747.jpg)
5 މަސް ކުރިން