-8402fff9.png)
އައިޝަތު ހިދާޔާ

ފުުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިން
މިދިޔަ ހަފުތާގައި ސްކޭމްގެ 38 މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައި ވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މައްސަލަތަކުގައި ޖުމުލަ 356,163.40 ރުފިޔާ ވަނީ ގެއްލިފައެވެ. މީގެތެރެއިން ފުލުހުންނަށް ހޯދުނީ, 245,389.64 ރުފިޔާއެވެ.
މިދިޔަ ހަފުތާގައި މީހުން ސްކޭމް ކުރުމަށް އެންމެ ގިނައިން ބޭނުންކޮށްފައިވާ އުކުޅަކީ ފައިސާ މާރުކުރުމެވެ. މިފަދަ 12 މައްސަލައެއް ހަފުތާއެއްގެ ތެރޭގައި ފުލުހަށް ރިޕޯޓުކޮށްފައި ވެއެވެ. ދެން އެންމެ ގިނައިން ހުށަހަޅާފައި ވަނީ އީކޮމާސް ޕްލެޓްފޯމްތައް ބޭނުންކޮށްގެން ސްކޭމްކޮށްފައިވާ މައްސަލައެވެ. މިފަދަ ނުވަ މައްސަލައެއް ރިޕޯޓުކޮސްފައިވާކަމަސް ތަފާސްހިސާބުތަކުން ދައްކައެވެވެ.
ފުލުހުންނަށް ހުށަހެޅި ސްކޭމްގެ ތަފާސްހިސާބު:
ފުލުހުން ވަނީ ސްކޭމްތަކުން ސަލާމަތްވުމަށް އޯޓީޕީ ނުވަތަ ޕިން ކޯޑު އެއްވެސް މީހަކާ ހިއްސާ ނުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ފައިސާ މަރުކުރުމުގެ ނަމުގައި ސްކޭމްކުރާ މިންވަރު އިތުރުވާތީ އެކަމަށް ސަމާލުވުމަށް މީގެކުރިން ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

1 ދުވަސް ކުރިން

4 ދުވަސް ކުރިން

5 ދުވަސް ކުރިން

5 ދުވަސް ކުރިން
-67446365.png)
8 ދުވަސް ކުރިން

12 ދުވަސް ކުރިން

12 ދުވަސް ކުރިން

15 ދުވަސް ކުރިން