-8402fff9.png)
އައިޝަތު ހިދާޔާ

ޝަހީދު ހުސައިން އާދަމް ބިލްޑިން--އަދަދު
މިދިޔަ ހަފުތާގައި ސްކޭމްގެ 38 މައްސަލައެއްގައި ހަ ލައްކައަށްވުރެ ގިނަ ރުފިޔާ ގެއްލިފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މައްސަލަތަކުގައި ޖުމުލަ 630,573.34 ރުފިޔާ ވަނީ ގެއްލިފައެވެ. މިއީ އޭގެ ކުރީ ހަފުތާއާ އަޅާބަލާއިރު ދެގުނަ އިތުރުުމެކެވެ.
ފުލުހުން ބުނީ މިދިޔަ ހަފުތާގައި ސްކޭމް މައްސަލަތަކުގައި ގެއްލުނު ފައިސާގެ ތެރެއިން ރިކަވާ ކުރެވުނީ 402,658.34 ރުފިޔާ ކަމަށެވެ.
މިދިޔަ ހަފުތާގައި މީހުން ސްކޭމް ކުރުމަށް އެންމެ ގިނައިން ބޭނުންކޮށްފައިވަނީ ފޭސްބުކް މާކެޓް ޕްލޭސް ފަދަ އީކޮމާސް ޕްލެޓްފޯމްތަކެވެ. މިފަދަ 13 މައްސަލައެއް ހަފުތާއެއްގެ ތެރޭގައި ފުލުހަށް ރިޕޯޓުކޮށްފައި ވެއެވެ. ދެން އެންމެ ގިނައިން ހުށަހަޅާފައި ވަނީ ހުއްދަ ނެތި ޓްރާންސެކްބަން ހިންގައިގެން ސްކޭމް ކޮށްފައިވާ މައްސަލައެވެ. މިފަދަ ނުވަ މައްސަލައެއް ރިޕޯޓުކޮސްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެވެ.
ފުލުހުންނަށް ހުށަހެޅި ސްކޭމްގެ ތަފާސްހިސާބު:
ފުލުހުން ވަނީ ސްކޭމްތަކުން ސަލާމަތްވުމަށް އޯޓީޕީ ނުވަތަ ޕިން ކޯޑު އެއްވެސް މީހަކާ ހިއްސާ ނުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ފައިސާ މަރުކުރުމުގެ ނަމުގައި ސްކޭމްކުރާ މިންވަރު އިތުރުވާތީ އެކަމަށް ސަމާލުވުމަށް މީގެކުރިން ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

1 ދުވަސް ކުރިން

5 ދުވަސް ކުރިން
-67446365.png)
8 ދުވަސް ކުރިން

9 ދުވަސް ކުރިން

12 ދުވަސް ކުރިން

12 ދުވަސް ކުރިން

15 ދުވަސް ކުރިން

17 ދުވަސް ކުރިން