-8402fff9.png)

އަޙްމަދު ޝާބިން

އެމޭޒަން އަދި އަލީއެކްސްޕްރެސް ފަދަ ބައިނަލްއަގުވާމީ އީ-ކޮމާސް ޕްލެޓްފޯމްތަކުން ވިޔަފާރި ނުކުރެވޭ ގޮތަށް ބްލޮކްކޮށްފައިވާ ކަމަށް މީސް މީޑިއާގައި ފެތުރެމުންދާ ވާހަކަތައް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ދޮގުކޮށްފިއެވެ.
ބީއެމްއެލް އިން ބުނެފައިވަނީ މި ސައިޓުތަކަށް އަމާޒުކޮށް ކާޑުގެ މުއާމާލާތްތައް ނުކުރެވޭ ގޮތަށް ހުރަސްތަކެއް އަޅާފައިވާ ކަމަށް ބުނެ ފެތުރޭ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި ކާޑުގެ މުއާމާލާތެއް ފެއިލްވާނީ ކަސްޓަމަރަށް މަހެއްގެ މައްޗަށް ދީފައިވާ ފޮރިން ޓްރާންސެކްޝަން ލިމިޓް ހަމަވެފައިވުމުން ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.
ބީއެމްއެލްއިން ވަނީ އެމޭޒަން އަދި އަލީއެކްސްޕްރެސްގައި މީހުން ވިޔަފާރިކޮށްފައިވާ މިންވަރު އާންމު ކޮށްފައެވެ. މިގޮތުން 1 ޖަނަވަރީ އިން 21 ފެބުރުވަރީ 2026 ގެ ނިޔަލަށް ހަމައެކަނި އެމޭޒަން އަދި އަލީއެކްސްޕްރެސްގައި 58،000 މުއާމަލާތްކޮށްފައިވެއެވެ. މިއީ 2.33 މިލިއަން ޑޮލަރުގެ މުއާމަލާތްކަމަށް ވެސް ބޭންކުން ބުންޏެވެ.
މިހާރު އަމިއްލަ ޑެބިޓް އަދި ކްރެޑިޓް ކާޑުތައް ވިޔަފާރީގެ ބޭނުމަށް މުދާ ގަތުމަށް ބޭނުންކުރުން ދަނީ އިތުރުވަމުންނެވެ. އަދި ދީފައިވާ ފޮރިން ޓްރާންސެކްޝަން ލިމިޓަށްވުރެން އިތުރަށް ވިޔަފާރިކުރަން މީހުން މަސައްކަތްކުރާ ކަމަށްވެސް ބޭންކުން ބުނެފައިވެއެވެ.
ވޭތަވެދިޔަ އަހަރު 524 މިލިއަން ޑޮލަރުގެ ވިޔަފާރި ވަނީ ރާއްޖޭން ބޭރުގެ މުއާމަލާތްތަކުގައި ބީއެމްއެލް ކާޑުތަކުން ބޭނުންކޮށްފައެވެ. މީގެ 66 އިންސައްތައަކީ އީކޮމާސް ވެބްސައިޓްތަކުގައި ކުރާ ވިޔަފާރިތަކެވެ.
މިއަހަރުން ފެށިގެން ބީއެމްއެލްއިން ވަނީ ކްރެޑިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ މުއާމަލާތްކުރުމަށް ދޭ ލިމިޓްތައްވެސް އިތުރުކޮށްފައެވެ. މީގެ އިތުރުން، ޑެބިޓް ކާޑު މެދުވެރިކޮށް ބޭސްފަރުވާގެ ބޭނުމަށާއި ދަތުރުފަތުރުގެ ބޭނުމަށް ރާއްޖެއިން ބޭރުގެ މުއާމާލާތްތަކަށް 3000 ޑޮލަރުގެ ލިމިޓެއް ކަނޑައަޅާފައި ވާއިރު ރާއްޖޭން ބޭރުގައި ކާޑު މެޝިނުން ކުރާ މުއާމަލާތްތަކަށް 1000 ޑޮލަރުގެ ލިމިޓެއް ދެވިފައި ވެއެވެ.

10 ދުވަސް ކުރިން

15 ދުވަސް ކުރިން

27 ދުވަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން
-74e273a1.jpg)
2 މަސް ކުރިން

2 މަސް ކުރިން

2 މަސް ކުރިން