-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 400،000 އަށްވުރެ މައްޗަށް އަރައިފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ޖުމްލަ 428,169 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.6 އިންސައްތަ އިތުރު އަދަދެކެވެ.
ރާއްޖެއަށް މިހާރު އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ ކުރީގައި އުޅެނީ ޗައިނާއެވެ. އެ ގައުމުން މިހާތަނަށް 69,006 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ދެން އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެއީ 47,994 ފަތުރުވެރިންނެވެ.
ލިސްޓުގެ ދެން ހުރި ގައުމުތަކަށް ބަލާއިރު، އިޓަލީން 41,775 ފަތުރުވެރިން، އިނގިރެސިވިލާތުން 38,991 ފަތުރުވެރިން އަދި ޖަރުމަނުވިލާތުން 25,658 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ކޮވިޑް-19 ގެ ދުވަސްވަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި އިންޑިއާއިން މި އަހަރުގެ މިހާތަނަށް އައީ 15,058 ފަތުރުވެރިންނެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 6,897 ފަތުރުވެރިން ރާއްޖެއަށް އާދެއެވެ. ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ މީހުން ހިޔާރުކުރަނީ ރިސޯޓުތަކެވެ.
އެގޮތުން 68 އިންސައްތަ ފަތުރުވެރިން ރިސޯޓުތަކުގައި މަޑުކުރާއިރު، 26 އިންސައްތަ ފަތުރުވެރިން މަޑުކުރަނީ ގެސްޓް ހައުސްތަކުގައެވެ. އަދި ހޮޓެލްތަކުގައި މަޑުކުރަނީ 2.9 އިންސައްތަ ފަތުރުވެރިންނެވެ.
-9d7580fb.jpg)
13 ދުވަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

2 މަސް ކުރިން

2 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން
-e780e747.jpg)
5 މަސް ކުރިން