-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފްލައިޓުތަކެއް ---
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެ ސަރަހައްދުގެ ގިނަ ގައުމުތަކެއްގެ ވައިގެ ސަރަހައްދު ބަންދުކުރުމުގެ ސަބަބުން، ރާއްޖެއަށް ދަތުރުކުރާ ގިނަ ފްލައިޓްތަކެއް ކެންސަލުވާތީ އެކަމަށް ސަމާލުވުމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މިއަދު އިލްތިމާސްކޮށްފިއެވެ.
އެ ވުޒާރާއިން ބުނީ މެދުއިރުމަތީގެ މަސްރަހަށް އައި ބަދަލުތަކާއެކު ދަތުރުވެރިންނަށް ކުރިމަތިވެފައިވާ ދަތިތައް ދެނެގަނެ، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރާ ކަމަށެވެ.
މި ހާލަތާ ގުޅިގެން، ފަތުރުވެރިން އެއާޕޯޓަށް ފުރުވުމުގެ ކުރިން، އެއަރލައިންތަކުގެ ޝެޑިއުލަށް އައިސްފައިވާ ބަދަލުތައް ރަނގަޅަށް ކަށަވަރުކުރުމަށް ހުރިހާ ރިސޯޓްތަކަށާއި ފަތުރުވެރިކަމުގެ ޚިދުމަތްދޭ މަރުކަޒުތަކަށް ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން، ދަތުރުތައް ކެންސަލްވުމުގެ ސަބަބުން މަޑުކުރަންޖެހިފައިވާ ފަރާތްތަކުން، އެއާލައިންތަކާއި ކަމާގުޅޭ އިދާރާތަކުން ދެމުންދާ އިރުޝާދުތަކަށް ފުރިހަމައަށް ސަމާލުކަން ދިނުމަށް ވެސް ވުޒާރާގެ ޓޫރިޒަމް ބަޔާނުގައި ބުނެފައިވެއެވެ.

3 މަސް ކުރިން

4 މަސް ކުރިން

7 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން