-8402fff9.png)

ރާއްޖޭގެ ކަނޑުތަކުން ބަޑިޖަހައިގެން ނުވަތަ ސްޕިއާ ޓޫލް ބޭނުންކޮށްގެން މަސްވެރިކަން ކުރުމަށް އަންނަ މަހު ހުއްދަ ދޭން ތައްޔާރީތައް ވަމުން ދާކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ތޯރިގް ވިދާޅުވީ، ފަރުތުވެރިކަމުގެ ދާއިރާ ސިންދަފާތުކުރުމަށްޓަކައި މުހިއްމު ފިޔަވަޅުތަކެއް އެޅުމަށް މުހިއްމު މަސައްކަތްތަކެއް ކުރައްވާކަމަށާއި ސްޕީއާ ފިޝިން އަކީވެސް މުޅިން އާ ސްގްމެންޓެއްކަމަށެވެ.
ވަޒީރު ވަނީ ރާއްޖޭގައި ބަޑީގެ މަސްވެރިކަން މަނާވެފައި އޮންނަތާ 40 އަހަރުވެފައިވާއިރު މިކަން ހުއްދަ ކުރުމުގެ މަސައްތަތް ކުރާާކަން ފާހަގަކޮށްފައެެވެ. ސްޕިއާ ފިޝިން މަނާވެފައި ވީނަމަވެސް ދަގަނޑުޖަހައިގެން މަސްހިފުމަކީ އާްންމު ކަމެކެވެ.
މީގެ އިތުރުން ޓެކްނިކަލް ރެކްރިއޭޝަން ޑައިވިން ފެށުމަށްޓަކައިވެސް އެއަށް ބޭނުން ގަވައިދުތައް އެކުލަވައިލަން މަސައްކަތް ކުރާކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ. މިހާރު އެންމެ ފުންކޮށް ދެވޭނީ 30 މީޓަރަށް ކަމަށާއި އޭގެ ބަދަލުގައި 40 މީޓަރަށް ހުޅުވާލުމުން އެކަމަށް އަންނަ ފަތުރުވެރިން ގިނަވެގެން ދާނެކަމަށް ވަޒީރު އަންދާޒާ ކުރެއްވިއެވެ.

9 މަސް ކުރިން

9 މަސް ކުރިން

11 މަސް ކުރިން

11 މަސް ކުރިން

11 މަސް ކުރިން
-73e17e2b.jpg)
1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން