-8402fff9.png)
ސައިފުﷲ އަލީ

ޖުލައި މަހުގެ ތެރޭގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފޮނުވި ޓްރާންޝިޕްމަންޓް ކާގޯގެ މިންވަރު އިންތިހާއަށް އިތުރުވެ، އެ އެއާޕޯޓުގެ ތާރީޚުގައި މިހާތަނަށް ރެކޯޑު ނުކުރެވޭ ފަދަ ބޮޑު ކުރިއެރުމަކާއެކު އައު ރެކޯޑެއް ގާއިމުކޮށްފިއެވެ. މި ކާމިޔާބީއާއެކު، ދިވެހިރާއްޖެއަކީ ބައިނަލްއަގުވާމީ ލޮޖިސްޓިކްސް މަރުކަޒަކަށް ހެދުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ހަލުވިކަމެއް ވަނީ ލިބިގެންގޮސްފައެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކުރި ގޮތުގައި، ކަނޑުމަގުންނާއި ވައިގެމަގުން ގެންނަ މުދާ އެހެން ގައުމުތަކަށް ފޮނުވައިދޭ ސީ-ޓު-އެއަރ އަދި އެއަރ-ޓު-އެއަރ އޮޕަރޭޝަންތައް މެދުވެރިކޮށް، ފާއިތުވި ޖުލައި މަހު އެކަނިވެސް 2,000 ޓަނަށްވުރެ ގިނަ ޓްރާންޝިޕްމަންޓް މުދާ ވަނީ ވެލާނާ އެއާޕޯޓު މެދުވެރިކޮށް އުފުލާފައެވެ. މިއީ އެއާޕޯޓުގެ ތާރީޚުގައި މަހެއްގެ މައްޗަށް މިފަދަ ބޮޑު އަދަދަކަށް މުދާ އުފުލި ފުރަތަމަ ފަހަރަށްވާއިރު، މީގެ ކުރިން ހާސިލުކޮށްފައިވާ ހުރިހާ ރެކޯޑުތަކެއް މި ނަތީޖާއާއެކު ވަނީ މުގުރާލެވިފައެވެ.
ޚާއްޞަކޮށް ކަނޑުމަގުން ގެންނަ މުދާ ވައިގެ މަގުން ފޮނުވައިދޭ ސީ-ޓު-އެއަރ ޚިދުމަތަށް ބަލާއިރު، ޖުލައި މަހު އެކަނިވެސް 621 ޓަނުގެ މުދާ ވަނީ އެއާޕޯޓު މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފޮނުވާފައެވެ. މިއީ މި ޚިދުމަތް ރަސްމީކޮށް ތަޢާރަފުކުރި ފަހުން މަހެއްގެ ތެރޭގައި އެންމެ ގިނައިން މުދާ އުފުލުނު ފަހަރެވެ.
މިފަދަ ބޮޑު ކުރިއެރުމެއް ފެނިގެންދިއުމަކީ އޭޝިއާ އާއި ޔޫރަޕުގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ބޮޑެތި މާކެޓުތައް ގުޅުވައިދިނުމުގައި، އިންޑިއާ ކަނޑުގެ މުހިންމު ލޮޖިސްޓިކްސް މަރުކަޒެއްގެ ގޮތުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ދައުރު ފުޅާވަމުންދާކަން އަންގައިދޭ ކަމެކެވެ. އައު ކާގޯ ޓާމިނަލާއެކު އެއާޕޯޓުގެ މުދާ އުފުލުމުގެ ގާބިލުކަން އިތުރުވެ، ބައިނަލްއަގުވާމީ ގިނަ އެއާލައިންތަކަކުން މިހާރު ދަނީ މި ޚިދުމަތުގައި ބައިވެރިވަމުންނެވެ.

3 މަސް ކުރިން

9 މަސް ކުރިން

9 މަސް ކުރިން

9 މަސް ކުރިން

9 މަސް ކުރިން

10 މަސް ކުރިން

11 މަސް ކުރިން

11 މަސް ކުރިން