-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންޓަލިޖަންސް ޔުނިޓް (އެފްއައިޔޫ) ގެ އިސްވެރިޔާގެ މަގާމަށް އިޝާން އައްޔަނުކޮށްފިއެވެ.
ފައިނޭންޝަލް އިންޓަލިޖަންސް ޔުނިޓަކީ މަނީ ލޯންޑަރިންނާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ މުހިންމު މިނިވަން ޔުނިޓެކެވެ.
މި ޔުނިޓުގެ މައިގަނޑު މަސްއޫލިއްޔަތަކީ ޝައްކުކުރެވޭ މާލީ މުއާމަލާތްތަކުގެ ރިޕޯޓުތައް ދިރާސާކޮށް، ކަމާބެހޭ ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދިނުމެވެ.
2014 ވަނަ އަހަރު އެމްއެމްއޭއާ ގުޅިވަޑައިގެންނެވި އިޝާން އަކީ ތައުލީމީ އަދި ތަޖުރިބާކާރު ޗާޓަރޑް އެކައުންޓަންޓެކެވެ.
އޭނާ އަކީ އިނގިރޭސިވިލާތުގެ ޗާޓަޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓަންޓްސް (ސީއައިއެމްއޭ) ގެ އެސޯސިއޭޓް މެންބަރެއްގެ އިތުރުން، އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓަންޓްސް އޮފް ދަ މޯލްޑިވްސްގެ އެފިލިއޭޓް މެންބަރެއްވެސް މެއެވެ.
އިޝާން މި މަގާމަށް އައްޔަނުކޮށްފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި އިސްމާއީލް ސާޖިދު މަގާމުން ވަކިކުރެއްވުމާ ގުޅިގެންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރިން އެ މަގާމުގައި ހުންނެވި އިސްމާއީލް ސާޖިދު މަގާމުން ވަކިކުރައްވާފައިވަނީ އޭނާއަށް ތުހުމަތުކުރެވުނު ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެންނެވެ.

ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

2 މަސް ކުރިން

3 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

6 މަސް ކުރިން