-8402fff9.png)
ސައިފުﷲ އަލީ

މަރުކަޒީ ބޭންކު އެމްއެމްއޭ -- ފޮޓޯ: ދެން
އަމިއްލަ ހަރަދުގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާ ދިވެހިންނަށް 1،000 ޑޮލަރު ވިއްކުން ހާއްސަ 6 ގައުމަކަށް ލިމިޓުކުރަން މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފިއެވެ.
މަރުކަޒީ ބޭންކުން ނެރުނު ބަޔާނެއްގައި ބުނީ 1،000 ޑޮލަރު ދެން ވިއްކާނީ އިންޑިއާ، ސްރީ ލަންކާ، ތައިލެންޑު، މެލޭޝިއާ، ސިންގަޕޫރު އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ބޭސްފަރުވާއަށް ދާ މީހުންނަށް ކަމަށެވެ. މިއީ ބޭސްފަރުވާއަށް ދޫކުރާ ބޭރު ފައިސާ ސީދާ އެ ބޭނުމަށް ހަރަދުކުރާކަން ޔަގީންކުރުމަށް ނިންމި ނިންމުމެކެވެ.
މީގެ ކުރިން ބޭސްފަރުވާއަށް ދާ ކަމުގެ ލިޔުން ހުށަހެޅުމުން ކޮންމެ ގައުމަކަށް ދިޔަސް 1،000 ޑޮލަރު ދޫކުރަމުން އައެވެ. އެމްއެމްއޭއިން ބޭންކުތައް މެދުވެރިކޮށް މި ޑޮލަރު ދޫކުރަން ފެށީ މިދިޔަ އަހަރުގެ އޮގަސްޓު މަހުން ފެށިގެންނެވެ.
އަމިއްލަ ހަރަދުގައި ދާ މީހުންނަށް ގައުމުތައް ލިމިޓުކުރި ނަމަވެސް، އާސަންދަ އަދި އެންއެސްޕީއޭ މެދުވެރިކޮށް ބޭސްފަރުވާއަށް ދާ މީހުންނަށް ކުރިއެކޭވެސް އެއްގޮތަށް 2،000 ޑޮލަރު ލިބޭނެއެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު ބޭސްފަރުވާގެ ބޭނުންތަކަށް މިދިޔަ މަހުގެ ނިޔަލަށް 41.1 މިލިއަން ޑޮލަރު ވަނީ ވިއްކާފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ ބަލާއިރު 3 ގުނަ އިތުރު އަދަދެކެވެ.
ބޭސްފަރުވާއަށް ވިއްކި ޑޮލަރުގެ ބޮޑު ބަޔަކީ އަމިއްލަ ހަރަދުގައި ރާއްޖެއިން ބޭރަށް ދިޔަ މީހުންނަށް ދޫކުރި ފައިސާއެވެ. އެގޮތުން އަމިއްލަ ހަރަދުގައި ބޭސްފަރުވާއަށް ދިއުމަށް މިދިޔަ މަހުގެ ނިޔަލަށް 29.2 މިލިއަން ޑޮލަރު ވަނީ ވިއްކާފައެވެ.

ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

2 މަސް ކުރިން

3 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

6 މަސް ކުރިން

9 މަސް ކުރިން