-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

ރާއްޖޭގައި ކޮމާޝަލް ބޭންކިން ކުރުމަށް ބޭނުންވާ ލައިސެންސް މޯލްޑިވްސް ޕްރިމިއާ ބޭންކް ޕްރައިވެޓް ލިމިޓެޑަށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ދޫކޮށްފިއެވެ.
އެމްއޭސީއެލްގެ ޗެއާމަން އައިޝާ ނޫރައިން ޖަނާހު އިސްވެ އުފައްދަވާ މި ބޭންކަށް އެމްއެމްއޭއިން ކަނޑައެޅި ޝަރުތުތައް ފުރިހަމަކޮށް، ބޭންކުގެ ނަމާއި މިލްކްވެރިކަމުގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުން ރާއްޖޭގެ ކޮމާޝަލް ބޭންކިން ވިޔަފާރިކުރުމުގެ ދާއިމީ ލައިސެންސް ދިނީ މިއަދުއެވެ.
"ޓިއާ 1"ގެ ބޭންކެއް އޮޕަރޭޓްކުރުމުގެ ހުއްދަ އެބޭންކާ ހަވާލުކުރެއްވީ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރުއެވެ.
އެމްއެމްއޭއިން ބުނ ގޮތުގައި، ހަރުދަނާ އުސޫލުތަކެއްގެ ދަށުން ލައިސަންސް ދޫކުރުމާއި ސުޕަވައިޒް ކުރުމުގެ ކަންކަން ކުރިއަށް ގެންގޮސް، ހުރިހާ ފަރާތްތަކަށް ޝާމިލުވެވޭ ފަދަ ވާދަވެރި މާލީ ނިޒާމެއް ރާއްޖޭގައި ދެމެހެއްޓުމަކީ އެ އޮތޯރިޓީގެ މައިގަނޑު އެއް މަޤްޞަދު ކަމަށެވެ.
އަދި މިއީ ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ހަރުދަނާކޮށް، ބޭންކިން ސިނާއަތުގައި ވާދަވެރިކަން އިތުރުކުރުމަށް އެމްއެމްއޭއިން ކުރަމުންދާ މަސައްކަތުގެ ދަށުން ނިންމި ނިންމުމެއްކަމަށް އެ ބޭންކުން ބުނެއެވެ.
މޯލްޑިވްސް ޕްރިމިއާ ބޭންކަށް ލައިސަންސް ދިނުމަކީ ރައްޔިތުންނަށް މާލީ ޚިދުމަތްތައް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ލިބުނު މުހިންމު ކުރިއެރުމެއްގެ ގޮތުގައި އެމްއެމްއޭއިން ފާހަގަކުރެއެވެ.

ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

2 މަސް ކުރިން

3 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

9 މަސް ކުރިން