-8402fff9.png)
ފާތިމަތު މިޝްކާ

މިއަދުން ފެށިގެން ބާޒާރުގައި އާ ފަސް ރުފިޔާގެ ނޫޓު ދައުރުކުރާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފި އެވެ.
އެމްއެމްއޭއިން ބުނީ އާ ފަސް ރުފިޔާގެ ނޫޓުތަކެއް ދައުރުކުރަން ނިންމާފައިވަނީ މިހާރު ދައުރުކުރަމުންދާ 5 ރުފިޔާގެ ނޫޓުތައް ބާވެ ހަލާކުވުމާ ގުޅިގެން ބާޒާރުގައި ދައުރުވާ ފަސް ރުފިޔާގެ ނޫޓު މަދުވެފައިވާތީކަމަށެވެ. މިއީ އާންމުގޮތެއްގައި ބޭނުންކުރާ ނޫޓަކަށްވި ނަމަވެސް ބޭންކުތައް މެދުވެރިކޮށް އެމްއެމްއޭއަށް ފަސް ރުފިޔާގެ ނޫޓު ޖަމާކުރާ މިންވަރު މަދުކަމަށް އެމްއެމްއޭއިން ފާހަގަކޮށްފައިވެ އެވެ.
ފަސް ރުފިޔާ ނޫޓުގެ އާ ސްޓޮކެއް ގެނެސްފައިވާއިރު މިއަދުން ފެށިގެން މި ނޫޓުތައް ދައުރުކުރަން ފަށާނެކަމަށް އެމްއެމްއޭއިން ހާމަކޮށްފައިވެ އެވެ. މި ނޫޓާއެކު މިހާރު ދައުރުވަމުންދާ 5 ރުފިޔާގެ ނޫޓު ވެސް ބޭނުންކުރާނެއެވެ.
އިގްތިސާދުގައި އުފެދޭ ނަގުދު ފައިސާގެ ޑިމާންޑާ އެއްވަރަށް ނޫޓު ފޯރުކޮށްދިނުމަށް ޓަކައި އެ އޮތޯރިޓީން އަބަދުވެސް މަސައްކަތް ކުރަމުންދާކަމަށް އެ އޮތޯރިޓީއިން ހާމަކޮށްފައިވެ އެވެ. ފަސް ރުފިޔާގެ ނޫޓަކީ ގިނަ އަދަދަކަށް އެ އޮތޯރިޓީން އާންމުންނާއި ވިޔަފާރިތަކަށް ދޫކުރާ ނޫޓެއް ކަމަށް އެމްއެމްއޭއިން ބުނެފައިވެ އެވެ.
އަލުން ގެނައި ފަސް ރުފިޔާގެ ނޫޓުގައިވާ ތާރީހަކީ 31 ޖުލައި 2025، 6 ޞަފަރު 1447 އެވެ. އަދި ސޮއިކުރައްވާފައިވަނީ އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރުއެވެ.
މި ފަސް ރުފިޔާގެ ސްޓޮކަކީ އެ އޮތޯރިޓީން ރަންދިހަފަހެއް ނޫޓު ސީރީސްގެ 5 ރުފިޔާ 2017ގައި ނެރުނު ފަހުން އޭގެ އާ ސްޓޮކެއް ގެނައި ފުރަތަމަ ފަހަރެވެ.

ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

2 މަސް ކުރިން

3 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

6 މަސް ކުރިން

9 މަސް ކުރިން