-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

ރާއްޖެއަށް ބޭނުންވާ ތެޔޮ ހޯދުމުގައި ވަކި ސަރަހައްދަކަށް ބަރޯސާވުމުގެ ބަދަލުގައި، ތެޔޮ ލިބޭނެ އިތުރު މަގުތައް ކަށަވަރުކުރުމަށް އަވައްޓެރި ގައުމުތަކާއި އެހެނިހެން ގައުމުތަކާއެކު ސަރުކާރުން މަސައްކަތް ފަށައިފިއެވެ.
މިކަން ހާމަކުރެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލެވެ.
ވަޒީރު ވިދާޅުވީ ރާއްޖެއަށް މައިގަނޑު ގޮތެއްގައި ތެޔޮ އެތެރެކުރަނީ މެދުއިރުމަތިން ކަމަށްވެފައި، މި ވަގުތު އެ ސަރަހައްދުގެ މަސްރަހު އޮތްގޮތުން ދަތިތަކެއް ކުރިމަތިވެފައިވާތީ، ތެލުގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
"މި ވަގުތު އެ ސަރަހައްދު ބަންދުކުރެވިފައިވާތީ، ތެޔޮ ލިބޭނެ އިތުރު މަގުތައް ހޯދުމުގެ މަސައްކަތް އަވައްޓެރި ގައުމުތަކާއި އަދި އެހެނިހެން ވެސް ގައުމުތަކުން ކަށަވަރުކުރުމުގެ އިންތިޒާމުތައް ކުރަމުންގެންދާކަން ދަންނަވާލަން،" ވަޒީރު ވިދާޅުވިއެވެ.
މި މަސައްކަތަކީ ވަކި ގައުމަކަށް ނުވަތަ މަދު ގައުމުތަކަކަށް ބަރޯސާވުން ކުޑަކޮށް، ތެޔޮ ހޯދާ މަގުތައް ޑައިވާސިފައި ކުރުމަށް ކުރެވޭ މަސައްކަތެއްކަން ޑރ. ޚަލީލް ފާހަގަކުރެއްވިއެވެ. މިއީ ހާއްސަކޮށް ދިގު މުއްދަތުގެ ރައްކާތެރިކަމަށް ބަލާއިރު ނުހަނު މުހިންމު އިސްތިރާތީޖީ ފިޔަވަޅެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ތެލުގެ އިތުރުން، ރާއްޖެއަށް ބޭނުންވާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށްވެސް ވަޒީރު އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، އެއްވެސް ދަތިކަމެއް ނެތި ރާއްޖެއަށް ކާބޯތަކެތި ލިބޭނެ އިންތިޒާމުތައް މިހާރު ހަމަޖައްސަމުންދާ ކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފައެވެ.
-ffb3a233.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން
-962b03f1.jpeg)
ގާތްގަނޑަކަށް 2 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން
-0ca78e5c.jpg)
5 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން

7 މަސް ކުރިން