-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދުނިޔޭގައި ހުރިތޯ ނުވަތަ ނޫންތޯ މިއީ މިހާރު ބައިނަލްއަޤުވާމީ މައިދާނުގައި އެންމެ ބޮޑަށް ބަހުސް ކުރެވެމުންދާ އެއް މައުޟޫޢެވެ. އީރާނުން ދިން ޙަމަލާތަކަށްފަހު، ނަތަންޔާހޫގެ ޙާލަތާ މެދު ތަފާތު ގޮތްގޮތަށް ވާހަކަދެކެވި، ޝައްކުތައް ވަނީ އިތުރުވެފައެވެ.
ނަތަންޔާހޫގެ މަރުގެ ވާހަކަތައް އެންމެ ބޮޑަށް ދައްކާ އީރާނުގެ މީޑިއާތަކާއި އިސް މަސްއޫލުވެރިން ދަޢުވާކުރާ ގޮތުގައި، އީރާނުން ދިން ވަރުގަދަ ބޮން އެޅުމުގެ ޙަމަލާތަކުގައި ނަތަންޔާހޫ ވަނީ މަރުވެފައެވެ. އީރާނުން ބުނާ ގޮތުގައި، އެ ޙަމަލާއަށްފަހު އިސްރާއީލުން ނެރެމުންދާ ހުރިހާ ވީޑިއޯތަކާއި، ފޮޓޯތަކާއި، އަދި އިންޓަވިއުތަކަކީ ކުރިން ރެކޯޑުކޮށްފައިވާ ތަކެއްޗެވެ.
މި ތަކެތި ތައްޔާރުކޮށްފައިވަނީ ޙަމަލާގެ ކުރިން ކަމަށް އީރާނުން ތުހުމަތުކުރެއެވެ.
މި ޝައްކުތައް އިތުރުވާން ދިމާވި އެންމެ ބޮޑު ސަބަބެއް ކަމުގައި އީރާނުން ބުނަނީ، މި މަހުގެ ތިންވަނަ ދުވަހު އީރާނުން ދިން ބާރުގަދަ ހަމަލާތަކަށް ފަހު، ނަތަންޔާހޫ އާންމުންގެ ކުރިމައްޗަށް ލައިވްކޮށް ނުކުމެފައި ނުވުމެވެ.
އޭނާގެ ރަސްމީ މީޑިއާ ޗެނަލްތަކުން ފެންނަނީ ހަމައެކަނި ކުރިން ރެކޯޑުކޮށްފައިވާ ކަމަށް ބެލެވޭ މަންޒަރުތައް ކަމަށް އީރާނުން ދައުވަކުރާއިރު، ރޭ ނަތަންޔާހޫ ވަނީ 35 މިނިޓްގެ ބަސްދީގަތުމެއް ދީފައެވެ.
އިސްރާއީލުގެ ބޮޑުވަޒީރުގެ އޮފީހުން ކަނޑައެޅިކަމަށް ބުނާ ބަޔަކަށް ސުވާލު ކުރުމުގެ ފުރުޞަތު ދިން މި ބައްދަލުވުމުގައި ވެސް ނަތަންޔާހޫ ދެއްކީ ހަނގުރާމައިގެ ކުރީކޮޅުގައި ދެއްކި ފަދަ، ހަނގުރާމައިގެ ވަރަށް އާންމު ވާހަކަތައް ކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓުކުރެއެވެ.
އެހެން ނަމަވެސް އިސްރާއީލުގެ ސަރުކާރާއި ނަތަންޔާހޫގެ އޮފީހުން މި ވާހަކަތައް ދޮގުކުރެއެވެ. އެގޮތުން އެމީހުން ބުނާ ގޮތުގައި ނަތަންޔާހޫ ހުރީ ގަދަވެ ސަލާމަތުންނެވެ.
އަދި މިފަދަ ވާހަކަތަކަކީ ނަފްސާނީ ހަނގުރާމައިގެ ބައެއް ކަމަށް ވެސް އެމީހުން ސިފަކުރެއެވެ.
ނަތަންޔާހޫގެ މަރާއެކު ބޭރުގެ ބައެއް މުޙައްލިލުން އިތުރު ބައެއް ކަންކަމަށް ވެސް އިޝާރާތް ކުރެއެވެ. އެއީ ނަތަންޔާހޫ މަރުވެފައިވާ ނަމަ، އެއީ އީރާނުގެ ޙަމަލާއަކުން ނޫން ކަމަށާއި، އެއީ އިސްރާއީލުގެ ޖާސޫސީ އިދާރާ މޮސާޑުން ރާވައިގެން ހިންގި އެތެރޭގެ ބަޣާވާތަކުން މަރާލީ ކަމަށް ބުނާ ވާހަކައެވެ.
މިކަމަށް އެއްވެސް ހެއްކެއް ނެތް ނަމަވެސް، ހަނގުރާމައިގެ ތެރޭގައި މިފަދަ ތަފާތު އަޑުތައް ދަނީ ފެތުރެމުންނެވެ.
އެހެންކަމުން ނަތަންޔާހޫގެ ޙާލަތާ މެދު މިހާތަނަށް އެއްވެސް މިނިވަން މަޞްދަރަކުން ކަށަވަރު މަޢުލޫމާތެއް ލިބިފައެއް ނުވާއިރުބއީރާނުގެ ދަޢުވާތަކަށް ބާރުދޭނެ ހެކިތަކެއް ނެތް ފަދައިން، އޭނާ ދުނިޔޭގައި ހުރިކަން ޔަޤީންކޮށްދޭނެ ވަރުގަދަ ހެކިތަކެއް ވެސް ފެންނާކަށް ނެތެވެ.
އެހެންކަމުން، މި މައްސަލައިގައި އާންމުންގެ ތެރެއިން ފެނުން ފަދަ ސާފު ހެއްކެއް ފެންނަންދެން ނަތަންޔާހޫގެ ޙާލަތު އޮތީ ނޭނގުމެއްގެ ތެރޭގައެވެ.

6 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން
-9f2f2370.jpeg)
8 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން