-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލު-- މިހާރު
އީރާނާއި އެމެރިކާ އަދި އިޒްރޭލާ ދެމެދު ހިނގަމުންދާ އަސްކަރީ ހަނގުރާމައިގައި، އެއްވެސް ގައުމަކަށް ހަމަލާ ދިނުމަށްޓަކައި ރާއްޖޭގެ ކަނޑުގެ އަދި ވައިގެ ސަރަހައްދު ބޭނުން ނުކުރެވޭނެ ކަމަށް ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޚަލީލް ވިދާޅުވީ، ރާއްޖޭގެ އަމާންކަމާއި އިގްތިސާދު ހިމާޔަތްކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ ކަންތައް ކަމަށެވެ. އަދި ރާއްޖޭގެ ސަރަހައްދު ބޭނުންކޮށްގެން އެހެން ގައުމަކަށް ހަމަލާދިނުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދޭނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.
"ރާއްޖޭގެ ވައިގެ ސަރަހައްދުން އެއްވެސް ގައުމަކަށް، އެއްވެސް ގައުމަކަށް، ހަމަލާ ދިނުމުގެ ބޭނުން ކުރެވިފައިނުވާނެކަން އަޅުގަނޑު ހަމަ ދަންނަވާލަން. އަދި އެފަދަ އަންނަ ރިކުއެސްޓުތައް ވެސް އަޅުގަނޑުމެން ރިޖެކްޓްކުރަމުންދާނެކަން ތިބޭފުޅުންގެ މައުލޫމާތަށްޓަކައި ދަންނަވަން،" މިނިސްޓަރު ވިދާޅުވިއެވެ.
ޚަލީލް އިތުރަށް ވިދާޅުވީ އެއްވެސް ގައުމަކަށް އެކަމުގެ ހުއްދައެއް ނުވަތަ ރާއްޖޭގެ ވައިގެ ސަރަހައްދު އެފަދަ ކަމަކަށް ބޭނުންކުރުމުގެ ހުއްދައެއް މިހާތަނަށް ދީފައި ނުވާނެ ކަމަށެވެ.

7 މަސް ކުރިން

8 މަސް ކުރިން
-9f2f2370.jpeg)
8 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން