-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

އީރާނަށް އިޒްރޭލު އަދި އެމެރިކާއިން ދެމުންދާ ހަމަލާތަކާއެކު މެދުއިރުމަތީގެ ޙާލަތު ގޯސްވުމުން ރާއްޖޭގައި ތެލުގެ އަގު ވަރަށް ބޮޑަށް އުފުލުމާ ގުޅިގެން އެކަން ހައްލުކުރުމަށްޓަކައި، ސަރުކާރުން ދޭ ސަބްސިޑީގެ އިތުރަށް އެސްޓީއޯއަށް ލިބޭނެ ކަމަށް ލަފާކުރާ ފައިދާގެ ބައެއް ބޭނުންކޮށްގެން ތެލުގެ އަގު ހިފަހައްޓަން ސަރުކާރުން ނިންމައިފިއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅު ހުރީ އާންމު ރައްޔިތުންނާއި ވިޔަފާރިތަކަށް މިކަމުގެ ސަބަބުން ބޮޑު ތަކުލީފެއް ކުރިމަތިނުވާނެ ގޮތަކަށް ތެލުގެ އަގު ކޮންޓްރޯލް ކުރުމަށް ކަމަށެވެ. އެގޮތުން ސަބްސިޑީގެ އިތުރަށް އެސްޓީއޯގެ ފައިދާ ބޭނުންކޮށްގެން އަގު ހިފެހެއްޓުމުގެ މަސައްކަތް މިހާރު ވަނީ ރާވާފައެވެ.
"އެސްޓީއޯގެ ފައިދާގެ ތެރެއިން، މިސާލަކަށް ސަބްސިޑީ ސަރުކާރުން ދޭނެ. އޭގެ ތެރޭގައި އެސްޓީއޯގެ ފައިސާ އެންޓިސިޕޭޓްކުރާނެ. މިސާލަކަށް 1.5 ބިލިއަން ފައިދާގެ ގޮތުގައި ލިބޭނަމަ، އެ ފައިދާގެ ތެރެއިން ބައެއް ކްރޮސް ސަބްސިޑައިޒްކޮށް، އެބްޒޯބްކުރެވޭތޯ މިބަލަނީ،" ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ތެޔޮ ހޯދުމުގައި ވަކި ސަރަހައްދަކަށް ބަރޯސާވުމުގެ ބަދަލުގައި، ތެޔޮ ލިބޭނެ އިތުރު މަގުތައް ކަށަވަރުކުރުމަށް އަވައްޓެރި ގައުމުތަކާއި އެހެނިހެން ގައުމުތަކާއެކު ސަރުކާރުން މަސައްކަތް ފަށާފައިވާ ކަމަށެވެ. މިއީ ވަކި ގައުމަކަށް ބަރޯސާވުން ކުޑަކޮށް، ތެޔޮ ހޯދާ މަގުތައް ޑައިވާސިފައި ކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި ރާއްޖެއަށް މައިގަނޑު ގޮތެއްގައި ތެޔޮ އެތެރެކުރަނީ މެދުއިރުމަތިން ކަމަށްވެފައި، އެ ސަރަހައްދުގެ މަސްރަހު މިވަގުތު އޮތްގޮތުން ދަތިތަކެއް ކުރިމަތިވަމުންދާތީ، ތެލުގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. މިއީ ދިގު މުއްދަތުގެ ރައްކާތެރިކަމަށް ބަލާއިރު އެޅޭ ވަރަށް މުހިންމު އިސްތިރާތީޖީ ފިޔަވަޅެއް ކަމަށްވެސް ޚަލީލް ވިދާޅުވިއެވެ.
މިހާރުވެސް ސަރުކާރުން ދަނީ ތެލުގެ އަގު ކުޑަކުރުމަށްޓަކައި ސަބްސިޑީގެ ގޮތުގައި ބޮޑެތި ހޭދަތަކެއް ކުރަމުންނެވެ.
-ffb3a233.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން
-962b03f1.jpeg)
ގާތްގަނޑަކަށް 2 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން
-0ca78e5c.jpg)
5 މަސް ކުރިން
-abf26d27.jpeg)
5 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން