-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

ތިނަދޫ ސިޓީގެ އެންމެ ފުރަތަމަ އިންތިހާބީ މޭޔަރަކަށް ވާނީ ކުރިޔަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި ތިނަދޫ ސިޓީގެ މޭޔަރުކަމަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ސައުދު އަލީކަމަށް "ނުކުތާ"ގެ ޕޯލް އިން ދައްކައިފިއެވެ.
އިއްޔެ އިރުއޮއްސި ހަޔަކުން ފެށިގެން 24 ގަޑިއިރަށް ހުޅުވާލި މި ޕޯލް މިއަދު އިރުއޮއްސި ހަޔަކަށް ބަންދުވިއިރު، ޖުމްލަ 18،042 މީހަކު މި ޕޯލަށް ވޯޓު ލައިފައިވެއެވެ.
އެ މީހުންގެ ތެރެއިން 8،801 މީހަކު ދެކޭ ގޮތުގައި، ތިނަދޫ ސިޓީގެ ފުރަތަމަ އިންތިހާބީ މޭޔަރަކަށް ވާނީ ވެރިކަންކުރާ ޕީއެންސީގެ ޓިކެޓުގައި ތިނަދޫ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ، މުހައްމަދު އަޖީބްއެވެ. އެއީ ޕޯލްއަށް ވޯޓުލި މީހުންގެ 49 އިންސައްތަ މީހުންނެވެ.
މިހާރުވެސް ތިނަދޫގެ މޭޔަރުކަމުގައި ހުންނެވި ސައުދު އަލީއަށް 51 އިންސައްތަ މީހުން ވޯޓު ދެއްވިއިރު، އެއީ ވޯޓުގައި ބައިވެރިވި 9،241 މީހުންގެ ވޯޓެވެ.
"ނުކުތާ"ގެ ޕޯލަށް ވަރަށް ފުރިހަމަ ތަރުހީބެއް ލިބެމުންއަންނައިރު، މިއީ މިހާތަނަށް ނުކުތާގެ ޕޯލްއަކަށް އެންމެ ގިނަ މީހުން ވޯޓުލި ޕޯލްއެވެ. މީގެ ކުރިން ކުޅުދުއްފުށީ ސީޓީގެ މޭޔަރުކަން ކާމިޔާބުކުރައްވާނެ ބޭފުޅަކު ހޮވަން ބޭއްވި ޕޯލްއަށް 16،559 މީހަކު ވޯޓު ލައިފައިވެއެވެ.

8 ދުވަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

3 މަސް ކުރިން
-c0e2fff8.jpg)
3 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން