-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

ރާއްޖޭގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ގިނަ އަދަދެއްގެ މެޝިނަރީ އާއި އުޅަނދުތައް ރާއްޖެ ގެނެސް، ސަރުކާރާ ހަވާލުކޮށްފިއެވެ.
މިއީ ރާއްޖޭގެ ތާރީހުގައިވެސް އުމްރާނީ ތަރައްގީގެ މަސައްކަތްތަކަށް މިހާ ގިނަ އަދަދެއްގެ މެޝިނަރީ އެއްފަހަރާ ގެނައި ފުރަތަމަ ފަހަރެވެ.
މި މެޝިނަރީތައް ސަރުކާރާ ހަވާލުކުރުމަށް ތިލަފުށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ކެބިނެޓުގެ ވަޒީރުންގެ އިތުރުން ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މި ތަކެތި ގެނައުމަށް ހަވާލުކުރީ ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު ހެވީ މެޝިނަރީ އުފައްދާ ކުންފުނި ކަމަށްވާ ޗައިނާގެ އެކްސްސީއެމްޖީ އާއެވެ. މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް ސޮލިއުޝަން (އައިޑީއެސް) މެދުވެރިކޮށެވެ.
އާރްޑީސީން ހާމަކުރި ގޮތުގައި މި އެއްބަސްވުމުގެ ދަށުން ޖުމްލަ 230 މެޝިނަރީ ރާއްޖެ ގެނެސްފައިވެއެވެ. މީގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ މަގު ހެދުމުގެ މަޝްރޫއުތަކަށް ބޭނުންވާ އެންމެ ޒަމާނީ އަސްފާލްޓް މެޝިނަރީ ނުވަތަ ތާރު އެޅުމަށް ބޭނުންވާ ސާމާނާއި އެހެނިހެން އުމްރާނީ މަސައްކަތްތަކަށް ބޭނުންވާ އުޅަނދުތައް ހިމެނެއެވެ.
މި ތަކެތި ދާއިމީކޮށް ބެލެހެއްޓުމަށާއި، މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށްޓަކައި އެކްސްސީއެމްޖީ އާއި އައިޑީއެސް ގުޅިގެން ރާއްޖޭގައި މެޝިނަރީތައް މަރާމާތު ކުރާނެ މަރުކަޒަކާއި، ސްޕެއާ ޕާޓްސް ވިއްކާ މަރުކަޒެއް ގާއިމް ކުރުމަށް ވަނީ ނިންމާފައެވެ. މީގެ ސަބަބުން މެޝިނަރީތަކަށް މައްސަލައެއް ދިމާވި ނަމަވެސް، ރާއްޖެއިން ބޭރަށް ނުގޮސް އެކަމަށް ހައްލު ލިބޭނެ މަގު ފަހިވެގެންދާނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމް ވިދާޅުވީ، އާރްޑީސީން ކުރަމުންދާ ތަރައްގީގެ އެކިއެކި މަޝްރޫއުތަކަށް، އެންމެ ބޮޑު ގޮންޖެހުމަކަށްވެފައި އޮތް ކަންތައްތަކަށް މީގެ ސަބަބުން ވަރަށް އެދެވޭ ހައްލެއް ލިބޭނެ ކަމަށެވެ.
މި އާ މެޝިނަރީތަކާއެކު ރާއްޖޭގެ ރަށްތަކުގެ މަގު ހެދުމުގެ މަސައްކަތްތައް މިހާރަށްވުރެ ހަލުވިކަމާއެކު ކުރިއަށްދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

7 މަސް ކުރިން

9 މަސް ކުރިން
-93762102.jpeg)
1 އަހަރަށްވުރެ ގިނަ ކުރިން
-e15a5bcd.jpeg)
1 އަހަރަށްވުރެ ގިނަ ކުރިން
-ec7c3c8f.jpg)
1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން