-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

އަމީނީ މަގުގެ ހަލާކުވެފައިވާ ސަރަހައްދު -- ފޮޓޯ: ސަން
މާލޭގެ އަމީނީ މަގުގެ ހުޅަނގަށްވީ ބައިގައި ތާރުއަޅައިގެން އެ ސަރަހައްދު އަލުން ތަރައްގީކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ނިންމައިފިއެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމް ވިދާޅުވީ، ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުން ފެށިގެން ހުޅަނގަށް އޮތް މަގުގެ ބައި ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށެވެ.
އެހެންކަމުން، މިހާރު އެ ސަރަހައްދުގައި އަޅާފައިވާ ތާރުގަނޑު އެއްކޮށް ނެގުމަށްފަހު، އަލުން ތާރު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި މަޝްރޫއުގެ ފެންވަރު ކަށަވަރުކުރުމުގެ ގޮތުން، ރާއްޖެއިން ބޭރުން ރޯޑް އިންޖިނިއަރެއް ގެނެސްގެން މަސައްކަތް ކުރިއަށްގެންދިޔުމަށް ވަނީ ނިންމާފައެވެ. ނަޒީމް ވިދާޅުވި ގޮތުގައި، މަގުގެ މަރާމާތުގެ މަސައްކަތް ވީހާވެސް އަވަހަށް ފެށުމަށްޓަކައި މިހާރު ވަނީ އިމާރާތް ކުރުމާ ބެހޭ ވުޒާރާއާ މަޝްވަރާކޮށްފައެވެ.
އަމީނީ މަގުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ބޮޑު މަޝްރޫއު ކުރިއަށް ގެންދިޔައީ ނިމިދިޔަ ސަރުކާރުން 2023 ވަނަ އަހަރުގައެވެ. ޖުމްލަ 84.4 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދިޔަ އެ މަޝްރޫއުގެ ދަށުން ތާރުއެޅި ބައެއް ސަރަހައްދުތަކުގެ ފެންވަރު ދަށްވުމުގެ ޝަކުވާ މީގެ ކުރިން ވެސް ވަނީ ފެންމަތިވެފައެވެ.
އާރްޑީސީން މިހާރު އަމާޒު ހިފާފައިވަނީ ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި އަމަލީ މަސައްކަތް ފަށައި، މަގުގެ އެ ބައިގެ ފެންވަރު ރަނގަޅުކޮށް އާންމުންނަށް ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ.

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

8 މަސް ކުރިން

9 މަސް ކުރިން
-93762102.jpeg)
1 އަހަރަށްވުރެ ގިނަ ކުރިން