-8402fff9.png)
މިރާޝް މޫސާ

ބ. އޭދަފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ތާރުއަޅަން އާރްޑީސީއާ ހަވާލުކޮށްފިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ.
އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 75.6 މިލިއަން ރުފިޔާ އަށެވެ.
އެ މަޝްރޫއުގެ ދަށުން 5.3 ކިލޯ މީޓަރުގެ މަގުގައި ތާރު އަޅަން ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން މަގުތަކުގެ ދުވާރުތައް ހެދުމާއި ފެން ހިންދާ ނިޒާމް ގާއިމުކުރުމުގެ އިތުރުން ރޯޑް މާކިން އަދި ސައިން ބޯޑް ހަރުކުރަން ވެސް ވަނީ ހަމަޖެހިފައެވެ.

ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

2 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން
4 މަސް ކުރިން
-9410c75f.jpg)
4 މަސް ކުރިން

5 މަސް ކުރިން