-8402fff9.png)
ފާތިމަތު މިޝްކާ

ދ. އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތް އަޅަން އާރްޑީސީއާ ހަވާލުކުރަނީ
ދ. އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތް އަޅަން އާރްޑީސީއާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް ހަވާލުކުރީ އިމާރާތެއް އަޅަން 181 މިލިއަން ރުފިޔާއަށެވެ.
އެ އިމާރާތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރުޑީސީ)އާ ހަވާލުކުރީ 540 ދުވަސް ތެރޭ ނިންމާ ގޮތަށެވެ. އެއީ 50 އެނދުގެ ހޮސްޕިޓަލެކެވެ.
ހެލްތު މިނިސްޓްރީން ބުނީ އާ ހޮސްޕިޓަލްގައި މެމޮގްރަފީގެ ޚިދުމަތް ލިބޭނެ ފެސިލިޓީއެއް ގާއިމްކުރާނެ ކަމަށެވެ. އަދި ޑެންޓަލް އޯޕީޑީ، ކަށީގެ ފަރުވާތަކަށް ހާއްސަ އޯތޯ-ތިއޭޓަރަކާ އެކު ހޮސްޕިޓަލްގެ ސްޓާފުންނަށް ޓްރެއިނިން ދިނުމަށް ބޭނުންވާނެ ފެސިލިޓީ ވެސް ގާއިމްކުރާނެއެވެ.
އެ ހޮސްޕިޓަލަކީ އަތޮޅު ހޮސްޕިޓަލަކަށްވާތީ، އަތޮޅު ތެރޭގެ މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ ތަމްރީންދިނުމަށް ބޭނުންވާ ފެސިލިޓީ އާއި ޕްރައިވެޓް ރޫމް ފެސިލިޓީތައް ވެސް ގާއިމްކުރާނެއެވެ.
ކުޑަހުވަދުއަކީ އެއާޕޯޓެއް އޮންނަ ރަށަކަށްވާތީ، އެމަޖެންސީ ހާލަތްތަކުގައި ކޭޓަކުރެވޭނެ އިމަޖެންސީ އީއާރެއް ގާއިމްކުރަން ހަމަޖެހިފައިވާ ކަން މިނިސްޓްރީން ބުންޏެވެ.

3 މަސް ކުރިން

7 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން

9 މަސް ކުރިން
-93762102.jpeg)
1 އަހަރަށްވުރެ ގިނަ ކުރިން
-e15a5bcd.jpeg)
1 އަހަރަށްވުރެ ގިނަ ކުރިން
-ec7c3c8f.jpg)
1 އަހަރަށްވުރެ ގިނަ ކުރިން