-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

ބިދޭސީން ރެގިއުލޭޓު ކުރުމަށް ސަރުކާރުން ހިންގި ޕްރޮގުރާމެއްގެ ތެރެއިން -- މިހާރު
އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން (ކުމެވިތަކުން) ރާއްޖެއަށް ގެންނަ ބިދޭސީންގެ ކޯޓާ ފީގެ ތެރެއިން، 20 ކޯޓާއާ ހަމައަށް ފީ ދައްކަން ނުޖެހޭ ގޮތަށް ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް ސަރުކާރުން މުހިންމު އިސްލާހެއް ގެނެސްފިއެވެ.
މި މަހުގެ ފުރަތަމަ ދުވަހު ގެޒެޓްކުރި މި އިސްލާހާއެކު، މިއަދުން ފެށިގެން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް މި ލުއި ވިޔަފާރިތަކަށް ލިބޭނެއެވެ.
މި ބަދަލަކީ މިދިޔަ ޑިސެންބަރު މަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ އެކު ބޭއްވެވި ބައްދަލުވުމުގައި އެ ފަރާތްތަކުން ފާޅުކުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ނިންމެވި ނިންމެވުމެކެވެ.
ރާއްޖޭގެ ކުދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން އަޅާ މި މުހިންމު ފިޔަވަޅަކީ ޖަނަވަރީ 1 އިން ފެށިގެން ތަންފީޒުކުރަން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން ގެނެވުނު ބަދަލެކެވެ.
މި ގެނެވުނު ބަދަލުގެ ސަބަބުން ގާތްގަނޑަކަށް 30,000 އަށްވުރެ ގިނަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކޯޓާ ފީގެ ބޮޑު ލުޔެއް ލިބިގެންދާނެއެވެ. އާންމު އުސޫލުން ރާއްޖެއަށް ބިދޭސީން އެތެރެކުރުމަށް ކޯޓާ ފީގެ ގޮތުގައި ކޯޓާއަކަށް އަހަރަކު 2,000 ރުފިޔާ ދައްކަންޖެހެއެވެ.
އިންސާނީ ވަގުފާރިއަށް މަގުފަހިވާ ގޮތަށް މި ލުއީގެ ބޭނުން ހިފިޔަ ނުދިނުމަށްޓަކައި، އެއް ހިއްސާދާރެއް ނުވަތަ މަސްއޫލުވެރިއެއް ނުވަތަ ޕާޓްނަރުން ހިމެނިގެން ހިންގާ އެކި ވިޔަފާރިތަކަށް މި ލުއި ތަކުރާރު ނުވާނެ ގޮތަށް ގަވާއިދުގައި ވަނީ ހަރުދަނާ އުސޫލުތަކެއް ކަނޑައަޅާފައެވެ.
މި ބަދަލާ ގުޅިގެން ވަޒީފާދޭ ފަރާތްތަކުން އަމަލުކުރަންޖެހޭ ގޮތުގެ ޔޫސާ ގައިޑްލައިންތައް މިހާރު އެކްސްޕެޓް ސިސްޓަމްގައި ޝާއިއުކުރަމުންދާނެއެވެ.
ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިޒާމީ ގޮތެއްގައި މިހާރު ހުރި މައްސަލަތަކަށް އެދެވޭ ހައްލެއް ގެނެސް، ރާއްޖޭގެ އިޤްތިޞާދުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން އަދާކުރާ ދައުރު މިހާރަށްވުރެ ފުޅާކުރުމެވެ.

ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން
-d6261e93.jpg)
5 މަސް ކުރިން

7 މަސް ކުރިން

7 މަސް ކުރިން

7 މަސް ކުރިން

7 މަސް ކުރިން

7 މަސް ކުރިން