-8402fff9.png)
އައިޝަތު ހިދާޔާ

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހުއްޓުވުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އިއްޔެ ތިން ބިދޭސީން ހައްޔަރުކޮށްފިއެވެ.
އިމިގްރޭޝަނުން ބުނީ ހުޅުމާލޭގައި ގަވާއިދާ ޚިލަފަށް ހިންގާ ކެފޭތަކަށް ހާއްސަކޮށް އިމިގްރޭޝަން ޓާސްކް ފޯހުން އިއްޔެ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައި ވާކަމަށެވެ. މި އޮޕަރޭޝަނުގައި 22 ބިދޭސީން ބަލައިފާސްކޮށްފައި ވާކަމަށާއި ތން ބިދޭސީން ހައްޔަރުކޮށްފައި ވާކަމަށް އިމިގްރޭޝަނުން ބުންޏެވެ.
މި މީހުން ހައްޔަރުކުރީ ރާއްޖޭގައި ގަވާއިދާ ޚިލަފަށް މަސައްކަތްކުރާ މައްސަލައިގައި ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ގަވާއިދާ ޚިލާފަށް ރާއްޖޭގައި ބިދޭސީން މަސައްކަތްކުރާ މައްސަލައަކީ އަބަދު ވެސް ބޮޑު މައްސަލައެެކެވެ. މި މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރެއެވެ. އޭގެތެރޭގައި, ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކުރުމަށް "އޮޕަރޭޝަން ކުރަންގި"ގެ ނަމުގައި ހޯމް މިނިސްޓްރީން އޮޕަރޭޝަނެއް ކުރިއަށް ގެންދިޔައެވެ.
އަދި މި މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން ވެސް ގިނަ މަސައްކަތްތަކެއް ކުރެއެވެ. އެގޮތުން, ބިދޭސީން ދިރިއުޅޭ ތަންތަނާއި މަސައްކަތް ކުރާ ތަންތަން ބަލައިފާސް ކުރުމުގެ މަސައްކަތް ފާހަގަކޮށްލެވެއެވެ. މިފަދައިން ބަލަފާސްކުރާއިރު, ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސން ފާހަގަވެއްޖެ ނަމަ އިމިގްރޭޝަނުން އެމީހުން ޑީޕޯޓުކުރެއެވެ.

ގާތްގަނޑަކަށް 2 މަސް ކުރިން
-d6261e93.jpg)
5 މަސް ކުރިން

7 މަސް ކުރިން

7 މަސް ކުރިން

7 މަސް ކުރިން

7 މަސް ކުރިން

8 މަސް ކުރިން

10 މަސް ކުރިން