-8402fff9.png)

ޢާއިޝަތު ނުޒުހާ

ރާއްޖޭގައި މިވަގުތު ކަންބޮޑުވާ ގޮތަށް ގަވައިދާ ހިލާފަށް އުޅެމުން އަންނަނީ 2,933 ބިދޭސީން ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިހުސާން ވިދާޅުވީ, ކުރަނގި އޮޕަރޭޝަންގެ ދަށުން ކުރި މަސައްކަތުން މިހާތަނަށް ގާތްގަނޑަކަށް 206،000 ބިދޭސީންގެ ފިންގަޕްރިންޓް ނަގައި, ފުރިހަމައަށް ޑޮކިއުމެންޓް ހަމަކޮށް ލާރި ދައްކާފައި ތިބި މީހުންގެ އަދަދު 62 ޕަސެންޓަށް އިތުރު ކުރެވިފައިވާ ކަމަށެވެ.
އިހުސާން ވިދާޅުވި ގޮތުގައި މިހާރު ރާއްޖޭގައި ފިންގަޕްރިންޓް ނުނެގި ދިރިއުޅެމުން އަންނަނީ 2,933 ބިދޭސީންނެވެ. އެ މީހުންނަކީ ކޮބައި ކަން ވެސް ދެނެގަނެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިވަގުތަށް ބަލާއިރު އަޅުގަނޑުމެންނަށް ކަންބޮޑުވާ ގޮތަށް ގަވައިދާ ހިލާފަށް އުޅެމުންދާ އަދަދަކީ [2,933]," މިނިސްޓަރު ވިދާޅުވިއެވެ.
ކުރަނގި އޮޕަރޭޝަންގެ ތިން ވަނަ ފިޔަވަހި އަންނަ މަހު އެކެއްގައި ފަށާނެ ކަމަށާއި އެ އޮޕަރޭޝަންގައި ގަވައިދާ ހިލާފަށް އެ މީހުން ހޯދައި ހައްޔަރުކޮށް ރާއްޖޭން ޑީޕޯޓްކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް އިހުސާން މިއަދު ވިދާޅުވިއެވެ.

3 ދުވަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން
-d6261e93.jpg)
5 މަސް ކުރިން