-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

ރާއްޖެއިން ބޭރުން ނަގާފައިވާ ބޮޑެތި ދަރަނިތައް ދެއްކުމުގެ އިތުރުން، ރާއްޖޭގެ އެތެރޭގެ ދަރަންޏާއި އަމިއްލަ ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ދައްކަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި، މިދިޔަ ހަމަސްދުވަހުގެ ތެރޭގައި އެކަނިވެސް 3.3 ބިލިއަން ރުފިޔާ އަމިއްލަ ކުންފުނިތަކަށް ވަނީ ދޫކުރެވިފައެވެ.
ރައީސް ވިދާޅުވީ، ކޮންމެ ހަފްތާއަކު ގާތްގަނޑަކަށް 700 އެއްހާ ވެންޑަރުންނަށް ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ބިލްތަކަށް ފައިސާ ދައްކަމުން އަންނަ ކަމަށެވެ. އަދި ކުރިއަށް އޮތް ހަފްތާގެ ތެރޭގައިވެސް އެފަރާތްތަކަށް 250 މިލިއަން ރުފިޔާގެ ބިލްތަކަށް ފައިސާ ދެއްކިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ދަތިވެފައިވާ ކަންކަން ފުއްދައިދިނުންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ރައްޔިތުންގެ ބޮލުގައި ކުރިން އަޅުވާފައިވާ ދަރަނިތަކާއި ދޭންޖެހޭ ފައިސާ ދެމުންދާ ކަމަށެވެ.
މީގެ އިތުރުން، މަސްވެރިންނަށް ދޭންޖެހޭ ފައިސާވެސް ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ދެމުންދާކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މަސްވެރިންނަށް ނުދީ ހުރި ފައިސާގެ ބެކްލޮގް މިހާރު ނިންމާލެވިފައިވާ ކަމަށާއި، މިހާރު މަސް ކިރުވުމަށްފަހު ފައިސާ ދޫކުރަމުންދަނީ ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ކަމަށް މަސްވެރިންގެ ވުޒާރާއިން މައުލޫމާތު ދެއެވެ.

ގާތްގަނޑަކަށް 19 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން