-8402fff9.png)
އައިޝަތު ހިދާޔާ

އަމީނީމަގުގެ މަރާމާތުކުރި ސަރަހައްދު ރޭ އާންމުންނަށް ހުޅުވައިލައިފިއެވެ.
މި ސަރަހައްދުގެ މަސައްކަތް ނިންމާ އާންމުންނަށް ހުޅުވާލައިފައިވާކަން އެ މަސައްކލަތް ކުރި އެމްޓީސީސީން ރޭ ވަނީ އިއުލާނުކޮށްފައެވެ. މި ސަރަހައްދު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސިއާ ހަވާލުކުރީ ޖޫން މަހުގެ 15ވަނަ ދުވަހުއެވެ.
އަމީނީ މަގު ތަރައްގީ ކުުރުމަށް ފުރަތަމަ ގެންގޮސްފައި ވަނީ ދެ ސެގްމަންޓެއްގެ މަސައްކަތެވެ. ފުރަތަަމަ ސެގްމަންޓަކީ ދިވެހި ރާއްޖޭގެ އަޑުގެ އިމާރާތް ހުންނަ ހިސާބުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށެވެ. ދެވަނަ ސެގްމަންޓަކީ ދިވެހި ރާއްޖޭގެ އަޑުގެ އިމާރާތުގެ ކުރިމައްޗަށް އޮންނަ ހަތަރު އަނގޮޅި ކަންމައްޗެވެ.
މި މަޝްރޫއުގެ ދަށުން ދެން ކުރިއަށް ގެންދާނީ ތިންވަނަ ސެގްމަންޓު ހެދުމުގެ މަސައްކަތެވެ. އެއީ އިއްޒުއްދީން މަގާ ހަމައިން ފެށިގެން ކޯރުކެނޑި ހިނގުމާ ހަމައަށް އޮންނަ ސަރަހައްދެވެ.މި މަސައްކަތް ފަށަން ހަމަޖެހިފައި ވަނީ, މިއަދެވެ. އެހެންކަމުން ރެއިން ފެށިގެން މި ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ފުލުހުން ވަނީ ބަދަލު ގެނެސްފައެވެ. އެހެންކަމުން މި ސަރަހައްދުގައި ޕާކްކޮށްފައި ހުރި އުޅަނދުތައް ނެގުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
އަމީނީމަގު ތަރައްގީކުރުމުގެ މަސައްކަތް ފެށީ އެ މަގުގެ ތާރު ގަނޑު ހަލާކުވެ ދަތުރުފަތުރުކުރަން އުނދަގޫވުމުންނެވެ.

ގާތްގަނޑަކަށް 2 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

7 މަސް ކުރިން

ގާތްގަނޑަކަށް 3 އަހަރު ކުރިން