-8402fff9.png)

ޑެންގޫ ހުން ޖެހިގެން ހާލު ދެރަވި ޒުވާނަކު މިއަދު ނިޔާވެއްޖެއެވެ. މި ބަލީގައި ނިޔާވެފައިވަނީ އުމުރުން އެންމެ 23 އަހަރުގެ ޒުވާނެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވި ޒުވާނަކީ ށ. މިލަންދޫ އަށް ނިސްބަތްވާ ޒުވާނެކެވެ. އޭނާ ނިޔާވީ ބަލީގެ ހާލަތު ގޯސްވެގެން މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ.
މި ޒުވާނާގެ ބަލީގެ ހާލަތާ ގުޅޭގޮތުން އެނގިފައިވާ ގޮތުގައި، ހުން އައުމުގެ ސަބަބުން އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ ށ. މިލަންދޫ ސިއްހީ މަރުކަޒުގައެވެ. ނަމަވެސް ހާލަތަށް ބަދަލެއް ނައުމުގެ ސަބަބުން އިތުރު ފަރުވާއަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކުރެވުނެވެ.
ކުޅުދުއްފުށީގައި ފަރުވާ ދެމުން ދަނިކޮށް ހާލަތު އިތުރަށް ގޯސްވުމާ ގުޅިގެން، އިތުރު ފަރުވާއަށް މާލެ ގެނެސްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

3 މަސް ކުރިން

4 މަސް ކުރިން
-d1e42f7f.jpg)
4 މަސް ކުރިން
4 މަސް ކުރިން

5 މަސް ކުރިން

10 މަސް ކުރިން

10 މަސް ކުރިން

10 މަސް ކުރިން