-8402fff9.png)
-6d139833.jpg)
ޒެނީޝާ ފަތުހީ

މިދިޔަ 10 އަހަރުގެ ތެރޭގައި 729 ކުދިން ވިހޭއިރު އައިބުހުރި ކަމަށް އައިޖީއެމްއެޗުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެ ހޮސްޕިޓަލުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަަ 10 އަހަރު ތެރޭ 17,188 ކުދިން ވަނީ ވިހާފައެވެ. އޭގެތެރެއިން އައިބުހުރީ 4.24 އިންސައްތަ ކުދިންގެއެވެ. މީގެ ތެރޭގައި ވިހޭއިރު މަރުވެފައި ތިބި އަދި ބައިގެން ގޮސްފައިވާ ކުދިން ނުހިމެނެއެވެ.
ޖުމުލަ ރެކޯޑްކުރެވިފައިވާ އައިބުތަކުގެ އަދަދަކީ 1,215 އެވެ. މި އައިބުތަކުގެ 26 އިންސައްތަ ހުރީ މުއްދަތުގެ ކުރިން ވިހާފައިވާ ޕްރީމެޗުއާ ކުދިންގެއެވެ. އަދި މިކުދިން މަންމައިންގެ ތެރޭގައި 15 އިންސައްތަ މަންމައިންގެ ޖެސްޓޭޝަނަލް ޑައިބެޓިކްސް ހުރި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
މި ކުދިންތަކުގެ ތެރޭގައި ހިމެނެނީ ގިނައިން ފިރިހެން ކުދިންނެވެ. އެއީ 57 އިންސައްތައެވެ.
މީގެއިތުރުން އައިޖީއެމްއެޗުން ބުނި ގޮތުގައި 27 ކުދިން ހޮސްޕިޓަލުން ދޫކޮށްލުމުގެ ކުރިން ވަނީ މަރުވެފައެވެ. އޭގެތެރެއިން އެންމެ ގިނަ މަރުގެ ސަބަބަކީ ލަންގް ހިޕޮޕްލޭޝިއާއެވެ. އެއީ 22 އިންސައްތައެވެ.
މި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެންމެ އާންމު ބާތު ޑިފެކްޓަކީ ސާކިއުލޭޓަރީ ސިސްޓަމުގެ ކޮންޖެނިޓަލް މެލްފޯމޭޝަން ނުވަތަ ނޭވާލާ ނިޒާމުގެ މައްސަލަތަކެވެ. އެއީ 28.7 އިންސައްތަ ކުދިންގެ ހުރި މައްސަލައެކެވެ.

19 ދުވަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން
-d1e42f7f.jpg)
4 މަސް ކުރިން
4 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން