-8402fff9.png)
އައިޝަތު ހިދާޔާ

އިންދިރާ ގާންދީ މެމޯރިލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އިން މެޑިކަލް އިންޓާންޝިޕް ހެދުމުގެ 24 ފުރުސަތު މިއަދު ހުޅުވައިލައިފިއެވެ.
އެ ހޮސްޕިޓަލުން މިއަދު ކުރި އިއުލާނެއްގައި ވަނީ އެ ހޮސްޕިޓަލުގެ އިންޓާންޝިޕް ޕްރޮގްރާމުގައި ބައިވެރިވުމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން 24 ސެޕްޓެމްބަރުވަނަ ދުވަހުގެ 12:00 ނިޔަލަށް ހުޅުވާލައިފައި ވާކަމަށެވެ. އެޕްލިކޭޝަން ހުށަހަޅާނީ ދަރުމަވަންތަ ހޮސްޕިޓަލްގެ އެންއެޗްއޭ އޮފީހަށެވެ. އެޕްލިކޭޝަން ފޯމު ދަރުމަވަންތަ ހޮސްޕިޓަލުގެ އެންއެޗްއޭ އޮފީހުން ނުވަތަ އައިޖީއެމްއެޗްގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
އިންޓާންޝިޕަށް އެދި ހުށަހެޅުމުގެ ޝަރުތު:
ފޯމާއި އެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
އައިޖީއެމްއެޗުން ބުނީ, އިންޓާންޝިޕް ޕްރޮގްރާމަށް ޝަރުތު ފުރިހަމަވާ 24 އަށްވުރެ ގިނަ މީހުން ކުރިމަތިލައިފިނަމަ ޕްރޮގްރާމަށް ބައިވެރިން ހޮވުމުގައި އެމްބީބީއެސް ފުރިހަމަ ކޮށްފައިވާ ތާރީހަށް ބަލާނެކަމަށެވެ. އެފަދަ ހާލަތެއްގައި އިސްކަން ދޭނީ ކޯސް ފުރިހަމަ ކުރިފަހުން ގިނަ ދުވަސް ވެފައިވާ ފަރާތްތަކަށާއި އެޕްލިކޭޝަން ފޯމު ހުށަހަޅާ ތަރުތީބަށް ބަލައިގެން ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
މެޑިސިން ކިޔަވާ ދަރިވަރުން ރާއްޖޭގައި ގިނަވުމުން މިފަދަ ތަޖުރިބާ ހޯދުމުގެ އިންޓާންޝިޕްތަކަށް އޮންނަ ޑިމާންޑު ވަރަށް ބޮޑެވެ. މާލޭގައި އައިޖީއެމްއެޗް, ހުޅުމާލެ ހޮސްޕިޓަލް އައި އޭޑީކޭން ވަކި އަދަދެއްގެ ދަރިވަރުންނަށް ކޮންމެ އަހަރަކު މެޑިކަލް އިންޓާންޝިފުގެ ފުރުސަތު ދެއެވެ.

4 މަސް ކުރިން
-d1e42f7f.jpg)
4 މަސް ކުރިން
4 މަސް ކުރިން

5 މަސް ކުރިން

7 މަސް ކުރިން

10 މަސް ކުރިން

10 މަސް ކުރިން

10 މަސް ކުރިން