-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

މާލެ ސިޓީގައި 500 ފްލެޓު އެޅުމަށް ދިވެހިރާއްޖެ އާއި ޗައިނާއާ ދެމެދު މުހިންމު އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޗައިނާގެ ވެރިރަށް ބެއިޖިންގައި ކުރިއަށްދިޔަ "ހައި ލެވެލް ކޮންފަރެންސް އޮން ގްލޯބަލް އެކްޝަން ފޯ ޝެއާޑް ޑިވެލޮޕްމަންޓް" ގެ ހަވާސާގައެވެ.
މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫއަކީ މިދިޔަ އަންގާރަ އަދި ބުދަ ދުވަހު ބޭއްވި ކޮންފަރެންސްގެ ތެރެއިން ކުރެވުނު މަޝްވަރާތަކުގެ ނަތީޖާއެކެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް ތޮއާމް މުހައްމަދެވެ.
ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އޭޖެންސީ (ސީއައިޑީސީއޭ) ގެ ޗެއާމަން ލިޔު ޖުންފެންގްއެވެ.
މި މަޝްރޫއުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، މާލޭގައި ބިނާކުރާ މި 500 ފްލެޓުގެ މަޝްރޫއަށް ބޭނުންވާ ފައިސާ ޗައިނާ ސަރުކާރުން ހަމަޖައްސައިދެނީ އެއްވެސް އިންޓަރެސްޓަކާ ނުލައި ކަމަށް މިނިސްޓްރީން ބުނެފައިވާ ކަމެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ އިތުރުން، ޗައިނާގެ އެހީގައި ރާއްޖޭގައި މިހާރުވެސް ކުރިއަށްދާ އަދި ކުރިއަށް ރޭވިފައިވާ ތަރައްގީގެ އެކި މަޝްރޫއުތަކާ ގުޅޭގޮތުން ދެ ގައުމުގެ ދެމެދުގައި ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.
މި ބައްދަލުވުންތަކުގައި، މަޝްރޫއުތައް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ޔަގީންކަމާއެކު ކުރިއަށްގެންދިއުމަށް ދެ ފަރާތުންވެސް ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ވަނީ ދީފައެވެ.

13 ދުވަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން