-8402fff9.png)
ފާތިމަތު މިޝްކާ

ރައީސް މުއިއްޒު އަދި ޗައިނާގެ ރައީސް
ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނުތާ 77 އަހަރު ފުރުމުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް، ހިޒް އެކްސަލަންސީ ޝީ ޖިންޕިންގ އަށާއި، ސްޓޭޓް ކައުންސިލްގެ ޕްރީމިއަރ،ހިޒް އެކްސަލަންސީ ލީ ޗިއާންގ އަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.
މި ދެ ލީޑަރުންނަށް ވަކިވަކިން ފޮނުއްވި ސިޓީފުޅުތަކުގައި، މި އުފާވެރި މުނާސަބަތުގެ ތަހުނިޔާއާއި އިޚްލާޞްތެރި ހެޔޮއެދުންތައް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ޗައިނާގެ ސަރުކާރަށާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރެއްވިއެވެ. އަދި، މި ދުވަހަކީ، ޤައުމުގެ ހަމަޖެހުން ދަމަހައްޓައި، ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ކުރިއަށްދިއުމުގެ އިތުރުން، ޗައިނާގެ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަން، އިތުރަށް ބަދަހިކުރުމަށް ލިބޭ މުހިންމު ފުރުޞަތެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ބަދަހި ގުޅުމަކީ، ޒަމާންވީ އެކުވެރިކަމާއި، ގާތް ގުޅުމުގެ އިތުރުން 'ވަން ޗައިނާ ޕްރިންސިޕަލް' އަށް ދިވެހިރާއްޖެއިން ދޭ ސާބިތު އެއްބާރުލުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޗައިނާގެ މެދުކެނޑުމެއްނެތް އެހީތެރިކަމާއި، ދެޤައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުމުގެ ތެރެއިން، ވޭތުވެދިޔަ އަހަރުތަކުގައި ދިވެހިރާއްޖެއަށް، އިޖުތިމާޢީ އަދި އިޤްތިޞާދީ ގޮތުން ފާހަގަކޮށްލެވޭ ބޮޑެތި ކުރިއެރުންތަކެއް، ޙާޞިލު ކުރެވިފައިވާ ކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖެއާއި ޗައިނާގެ ގުޅުން އިތުރަށް ބަދަހިކުރައްވައި، ދެ ޤައުމަށް ފައިދާއާއި ލާބަ ލިބޭނެ ފުރުޞަތުތައް ފަހިކުރުމަށް، ފުޅާ ދާއިރާއެއްގައި އެއްބާރުލުން ދެއްވަވާނެ ކަމުގެ ޔަޤީންކަން ވެސް، އެމަނިކުފާނު ދެއްވާފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުތައް ނިންމަވާލައްވާފައިވަނީ، ދެ ލީޑަރުންނަށް ދުޅަހެޔޮ ޞިއްޙަތާއި ފާގަތި ކަމަށާ، އަދި ޗައިނާއަށް، ދާއިމީ ޞުލްޙަ މަސަލަސްކަމާއި، އެއްބައިވަންތަކަމަށް އެދިވަޑައިގަންނަވަމުންނެވެ.

ގާތްގަނޑަކަށް 19 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން